Saturday, 15 June 2024

ނޫސްވެރިންގެ އަގުވައްޓާލާތީ އެމްއެމްސީން ކަންބޮޑުވެއްޖެ

ނޫސްވެރިންގެ އަގު ވައްޓާލައި ސާބިތު ނުހިފޭ ތުހުމަތުކުރާތީ މޯލްޑިވްސް މީޑިއާ ކައުންސިލް އެމްއެމްސީން ކަންބޮޑުވެއްޖެއެވެ.

އެމްއެމްސީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ނޫސްވެރިކަމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެކި ނޫސްވެރިންނަށް ލިބެމުންދާ އަނިޔާތަކާއި އިންޒާރުތަކާއި އެނޫން ވެސް ގޮންޖެހުންތަކުގެ ޝަކުވާ އެކައުންސިލަށް ލިބެމުންދާ ކަމަށެވެ.

އަދި މިހާރަކަށް އައިސް އެންމެ ބޮޑު އެއްޝަކުވާއަކީ ނޫސްވެރިންގެ ބައްދަލުވުންތަކުގައިވެސް ވަރަށް ފާޅުގައި ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ދޮގު އިލްޒާމްތައް އަޅުވަމުންދާ މައްސަލަ ކަމަށް މީޑިއާ ކައުންސިލްގެ ބަޔާނުގައިވެއެވެ.

މީޑިއާ ކައުންސިލުން ބުނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއްކަމަށެވެ. ނަމަވެސް ވަކިވަކި ނޫސްވެރިންގެ އަގު ވައްޓާލައި، ސާބިތު ނުހިފޭ ތުހުމަތު ކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖަ ދަށަށްދާނެ ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އެމްއެމްސީން ވަނީ ބުނެފައެވެ.

“ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ސާބިތު ނުހިފޭ ތުހުމަތުތައް ކުރުމާއި ކްރެޑިބަލް ނޫސްވެރިންގެ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރުމަކީ މުޅި ނޫސްވެރިކަމުގެ ދާއިރާއަށް ވެސް އޭގެ ސަބަބުން ގެއްލުން ލިބޭ ކަމެކެވެ.” އެމްއެމްސީ ގެ ބަޔާނުގައި ވެއެވެ.

އެމްއެމްސީގެ ބަޔާނުގައި އިތުރަށް ބުނީ ނޫސްވެރިންނަށް ކުރާ ތުހުމަތުގެ ސަބަބުން ސަރުކާރާއި އެހެނިހެން ފަރާތްތައް ޖަވާބުދާރީ ކުރުވުމަށްވެސް ހުރަސްތަކެއް އެޅިގެންދާ ކަމަށެވެ. އެހެންކަމުން ވަކިވަކި ނޫސްވެރިންނާ ބެހޭގޮތުން ސާބިތު ނުހިފޭ ވާހަކަ ދެއްކުމާއި ނޫސްވެރިންނަށް ފުރައްސާރަކޮށް ތުހުމަތު ކުރުން ހުއްޓާލަން އެންމެހާ ފަރާތްތަކަށް އެމްއެމްސީން ވަނީ ގޮވާލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ކިތައްމެވަރަކައް ބަޔާންތައް ނެރުނުކަމުގަވިޔަސް ރައްޔިތުންގެ އިތުބާރެއްނެތް.. ސްޕޮންސަރ ދޭފަރާތެއްގެ އައްޑަނައަކައް ބޭނުންކުރާ ސިޔާސީ އެއްޗަކައްވެއްޖެ. އަދި ސްޕޮންސަރ ދޭފަރާތުގެ ވާދަވެރީންގެ އަބުރުކަތިލަމުން ސާބިތުނުހިފޭ ފިތުނަ ފަސާދަ އުފެދޭ ޙަބަރުތައް ހިތުހުރިގޮތަކައް ގެނެސްދެމުން ފާޅުގަ މިހާލަތައް އައިމަ، މިކަމަކީ މިހާރު ނީލަމުގަ ބޮޑުއަގު ހުށައަޅާފަރާތަކައް ޙަބަރު ގެނެސްދޭ ވާހަކަބުނީމަ ގޯސްވީ އެވާހަކަ ދެއްކީމަ…

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު