7 ފެބުރުވަރީ 2025

ޑިމޮކްރެޓްސްއާއެކީ އިންތިޚާބާ ގުޅޭ މަޝްވަރާއެއް ނުކުރަން: އަދުރޭ

ދަ ޑިމޮކްރެޓްސްއާ އެއްކޮށް މަޝްވަރާ ކުރަމުންދަނީ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތަކުންނެއް ނޫން ކަމަށާއި ރިޔާސީ އިންތިޚާބަށް އެއްވެސް ބަޔަކާ އެކީގައި ކޯލިޝަން ހެދުމުގެ މަސައްކަތެއް ނުކުރާ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފިއެވެ

ދަ ޑިމޮކްރެޓްސްއާ އިދިކޮޅު ކޯލިޝަން ގުޅިގެން މިހާތަނަށް ވަނީ ތިން ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުންތަކަކީ އިދިކޮޅުގެ ސެނެޓަރުންގެ ބަހެއް ނެތި ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ބައެއް ސެނެޓަރުން ވަނީ ބުނެފައެވެ.

އެކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު މިއަދު ސުވާލު ކުރުމުން އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވީ ސެނެޓުގެ މެންބަރުންގެ ހުރި ކަންބޮޑުވުންތަކަކީ ޑިމޮކްރެޓްސްއާއެކީ ވަކި ވާހަކަތަކެއް ދައްކާތީ ހުރި ކަންބޮޑުވުމެއް ނޫން ކަމަށެވެ.

އަދުރޭ ވިދާޅުވީ ކޮންމެ ބަޔަކާ އެކީގައި ސިޔާސީ މަސައްކަތެއް ކުރި ނަމަވެސް އެބޭފުޅުންގެ ކަންބޮޑުވުމެއް ނެތް ކަމަށެވެ.

އަދުރޭ ވިދާޅުވީ ޑިމޮކްރެޓްސްއާ އެއްކޮށް ވެސް އަދި އެހެން ޕާޓީތަކާ އެއްކޮށް ވެސް ވާހަކަދައްކަނީކީ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތަކުންނެއް ނޫން ކަމަށާއި ވާހަކަ ދައްކަނީ ގައުމީ ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން ކަމަށެވެ. އަދި ރިޔާސީ އިންތިޚާބަށް އެއްވެސް ބަޔަކާ އެކީގައި ކޯލިޝަން ހެދުމުގެ މަސައްކަތެއް ނުކުރަން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު