18 ޖަނަވަރީ 2025

ބުދަދުވަހު "ދަ ޑިމޮކްރެޓްސް" ޕާޓީއަށް ނަޝީދު ސޮއިކުރައްވަނީ

އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފައްދާ "ދަ ޑިމޮކްރެޓްސް" ޕާޓީއަށް އެމަނިކުފާނު ބުދަދުވަހު ސޮއިކުރައްވާނެކަމަށް މައުލޫމާތު ލިބިއްޖެއެވެ.

"ދަ ޑިމޮކްރެޓްސް"ގެ ހަރަކާތްތަކުން ރައީސް ނަޝީދު މިހާތަނަށް ފެނިފައި ނުވިނަަމަވެސް، އެއީ އެމަނިކުފާނު އިސްކޮށް ހުންނަވައިގެން އުފައްދާ ޕާޓީއެއްކަން އެންމެންނަށް ވެސް އެނގެއެވެ. ނަމަވެސް ގިނަ ބައެއްގެ ސުވާލަކަށް ވެފައި އޮތީ އެމަނިކުފާނު އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ވަގުތަކާއި ގުޅޭގޮތުންނެވެ.

ރައީސް ނަޝީދުގެ އަރިސް ބޭފުޅުންނާއި "ދަ ޑިމޮކްރެޓްސް" އުފެއްދުމުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން ބުނާގޮތުން ބުދަ ދުވަހުގެރޭ އޮންނަ "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބާއްވާ ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެން، އެ ޕާޓީއާ ރަސްމީކޮށް ގުޅިވަޑައިގަންނަވާއެވެ.

ރައީސް ނަޝީދުވެސް ވަނީ "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާނޭކަން ޔަގީންކޮށްދެއްވާފައެވެ.

އެމްޑީޕީގެ ބާނީއެއްގެ ގޮތުގައި ގިނަ ބަޔަކު ޤަބޫލުކުރާ ރައީސް ނަޝީދު އެމްޑީޕީން ވަކިވީ މިދިޔަމަހުގެ 21 ވަނަ ދުވަހުއެވެ. އެއީ ޕާޓީގެ ތެރޭގައި ރައީސް ސާލިހާއި އެމަނިކުފާނާއި ދެމެދު އުފެދުނު ބޮޑު މައްސަލަގަނޑަކަށްފަހުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު