Saturday, 13 April 2024

އެމްއެމްޕީއާރުސީން ބެންކޮކް ޕޯސްޓާއެކު ރާއްޖެ އިޝްތިހާރުކުރަނީ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ތައިލެންޑް މާކެޓުގައި ދިވެހިރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށް ބެންކޮކް ޕޯސްޓާއެކު ކެމްޕޭނެއް ފަށައިފިއެވެ.

މިމަހުން ފެށިގެން އަންނަ އޮގަސްޓްމަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ކެންޕޭނުގެ މައިގަނޑު މަގުސަދަކީ ތައިލެންޑުގައި ދިވެހިރާއްޖޭގެ ބްރޭންޑް ހަރުދަނާކޮށް، ދިވެހިރާއްޖޭގެ ހާއްސަކަން ދައްކާލައި، ދެކުނު އިރުމަތީ އޭޝިއާގެ މާކެޓުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުންކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ބެންކޮކް ޕޯސްޓަކީ ތައިލެންޑްގައި އެންމެ ކުރިއަރާފައިވާ އިނގިރޭސި މީޑިއަމްގެ މާސް ޕަބްލިކޭޝަނަށްވާއިރު، ދެ މިލިއަނަށްވުރެ ގިނަ ކިޔުންތެރިން ކޮންމެ މަހަކު ބެންކޮކް ޕޯސްޓްކިޔައެވެ.

ބެންކޮކް ޕޯސްޓާއެކު ކުރިއަށްގެންދާ މި ކެމްޕޭންގެ ސަބަބުން ތައިލެންޑްގައި ފުޅާ ދާއިރާއެއްގައި ދިވެހިރާއްޖެ އިޝްތިހާރުވާނެކަމަށް ލަފާކުރެވެއެވެ. މި ކެމްޕޭނަކީ ތައިލެންޑްގެ މާކެޓުގައި ދިވެހިރާއްޖެ ބްރޭންޑް ހަރުދަނާ ކުރުމަށް އެމްއެމްޕީއާރުސީގެ ތައިލެންޑްއަކީ ސީ ރީޖަންގެ މުހިންމު މާކެޓެކެވެ.

2023 ވަނަ އަހަރު އެމްއެމްޕީއާރުސީއިން ތައިލެންޑް މާކެޓަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ހިންގާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *