ހައުސިންގ މިނިސްޓްރީއަށް ގޯތި ދޫކުރެވޭނެ ހަމައެއް ނެތް: މުއިއްޒު

ގާނޫނު މިހާރު އޮތް ގޮތުން ހައުސިންގ މިނިސްޓްރީއަށް ގޯތި ދޫކުރެވޭނެ ހަމައެއް ނެތް ކަމަށް ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް އަހްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭގެ ރަށްވެހީންނަށް ގޯތި ދިނުމަށް ހިންގާ "ބިންވެރިޔާ" ސްކީމްގެ ދަށުން ފުރަތަމަ ބުުރުގައި ދޫކުރާ 5،000 ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް ވަނީ ގެޒެޓް ކޮށްފަ އެވެ.

އެކަމާއި ގުޅޭގޮތުން މަޝްހޫރު ގާނޫނީ ވަކީލް އަހްމަދު މުއިއްޒު ވަނީ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ ގޮތުން ގާނޫނުގައި އޮތް މާއްދާ މިހާރު އޮތް ގޮތުން މިނިސްޓްރީ އިން ގޯތި ދޫކުރެވޭނެ ހަމައެއް ނެތް ކަމަށެވެ.
ބިމާ ބެހޭ ގާނޫނުގައި ބުނާ ގޮތުން ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި އިމާރާތް ކުރުމަށް އެކަށައަޅާ ބިމުން ދިރިއުޅުމަށް ގޯތި ދޫކުރާނީ މިނިސްޓްރީން ކަނޑައަޅާ އާންމުކޮށް ޝާއިއުކުރާ އުސޫލުތަކާއި ކަމާބެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން މިނިސްޓްރީން ކަނޑައަޅާ އުސޫލަކުން އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އަޅުގަނޑައްއެނގިފައިވާގޮތުގައިގޯތިދޫކުރާމިބިންތަކަކީކައުންސިލާއިއަދިހަވާލުކޮށްފައިވާބިންތަކެއްނޫނެވެ

  2. މުއިއްޒުގެބަޔާކޮއްމެނޫހެއްގައިގޮތަކަށްލިޔުއްވުމަކީހިތާމަކިރަންޖެހޭކަމެއްއެއްސުރުޚީގައިމިނިސްޓުރީއަކަށްގޯއްޗެއްނިދެވޭނެއަނެއްސުރުޚީގައިސިޓީކައުންސިލަކައްގޯއްޗެއްނުދެވޭނެމިއީހިތާމަކުރަންޖެހޭކަމެއް

  3. މިކެންދޫ މީހުންނަށާއި ހަތިފުށީ މީހުންނަށް މާލޭ މީހުނަށް ގޯތިދީގެން ހާދަ ބާރެއް އެބައަރައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު