18 ޖަނަވަރީ 2025

ގޯތި ލިބޭ މީހުން ވަގުތީ ލިސްޓަށް މިހާތަނަށް 600 ޝަކުވާ

ސަރުކާރުން ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތިތަކަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލާފައިވާއިރު މިހާތަނަށް 600 ޝަކުވާ ލިބިފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ހާމަކޮށްފިއެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ޝަރުތުހަމަވާ މީހުންގެ ލިސްޓަށް މާބޮޑެތި ޝަކުވާތަކެއް ލިބިފައިނެތް ކަމަށާއި މައިގަނޑު ގޮތެއްގައި ލިބިފައިވަނީ މަޢުލޫމާތު ސާފުކުރުމުގެ ޝަކުވާތައް ކަމަށެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ގޯތީގެ ލިސްޓު އާންމުކުރީ މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ. އަދި ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ބޭނުންވާ ބިމުގެ ދެބައިކުޅަ އެއްބައި ހަމަޖައްސާފައިވަނީ ހުޅުމާލެއިންނެވެ. އަދި ގިރާވަރުގައި ފަޅާއި ގުޅީފަޅު ހިއްކައިގެންވެސް ގޯތިތައް ދިނުމަށް މަސައްކަތް ކުރަށްވާކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު