ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދަށް ތާވަލުކުރި ޝަރީއަތުގެ އަޑުއެހުންވެސް ކެންސަލް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނަށް ތާވަލްކުރި އަޑުއެހުންވެސް ކެންސަލްކުރީ މައްސަލައިގެ ދައުވާ ލިބޭ އަހްމަދު ކްރިކް ރިޟާ ބަލިވެ އުޅޭތީ ކަމަށް ކްރިމިނަލް ކޯޓުން ހާމަކޮށްފައި ވެއެވެ.
މި މައްސަލައިގައި ދައުވާ ރައްދުވާ އެއް ފަރާތް، ކްރިކް ރިޒާގެ ބަލި ހާލަތު މެޑިކަލް ޑޮކިއުމަންޓާއެކު، ކޯޓަށް ވަނީ އަންގާފައި ކަމަށް ކްރިމިނަލް ކޯޓުން ހާމަކުރެއެވެ.
މި މައްސަލާގައި އެންމެފަހުން ބޭއްވުމަށް ތާވަލުކުރި ތިން އަޑުއެހުންވެސް ކެންސަލްކޮށްފައި ވަނީ ކްރިކް ރިޟާ ބަލިވެ އުޅުއްވާތީ ކަމަށް ކޯޓުން ހާމަކުރެއެވެ.
ފުއްގިރި މައްސަލައާއި ގުޅިގެން ކްރިކް ރިޟާގެ މައްޗަށް ދަޢުލަތުން އުފުލާފައި ވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާއެކެވެ.