Thursday, 18 April 2024

އަލަށް ޤާއިމުކުރާ ގަލޮޅު ދަނޑު ނިންމާނީ ރައީސް ޞާލިޙްގެ ސަރުކާރުން: މަޚްލޫފް

އިންޑިއާގެ އެލްއޯސީގެ ދަށުން ގާއިމްކުރާ ގަލޮޅު ދަނޑު، 4 ސިންތެޓިކް ޓްރެކް (ތިނަދޫ، ފުވައްމުލައް، ހިތަދޫ އަދި ކުޅުދުއްފުށި)، 3 ކޯޓުގެ ވޮލީބޯލް އިންޑޯ، 3 ކޯޓުގެ ނޭޝަނަލް ބާސްކެޓްބޯލް އެރީނާ އަދި ނެޝަނަލް ޓީޓީ ސެންޓަރު ގާއިމްކުރަން ޓެންޑަރކޮށް ބިޑު ނެގުން މިމަހު 16 ގައި އެބައޮތް ކަމަށް ސްޕޯޓްސް މިނިސްޓަރ އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

42 މިލިއަން ޑޮލަރު ވަނީ ހަމަޖެހިފައި ކަމަށާއި، މިދައުރުގައި މަސައްކަތްތައްފަށައި، ނިންމާނީވެސް ރައީސް ‪ޞާލިޙުގެ ވެރިކަމުގައި ކަމަށާއި، ގަލޮޅު ދަނޑު ތަޅާލެވޭނީ ހުޅުމާލޭގައި ކުޅެވޭނެ އިންތިޒާމެއް ހަމަޖައްސާފައި ކަމަށްވެސް މިނިސްޓަރ މަޚްލޫފް ވިދާޅުވިއެވެ.

“ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމުގައި މިސަރުކާރު މިއޮތީ މުޅިންއެހެން ލެވަލްއެއްގައި.” މަޚްލޫފް ވިދާޅުވިއެވެ.

އިންޑިއާގެ އެލްއޯސީގެ ދަށުން ގާއިމްކުރާ ގަލޮޅު ދަނޑު، 4 ސިންތެޓިކް ޓްރެކް (ތިނަދޫ، ފުވައްމުލައް، ހިތަދޫ އަދި ކުޅުދުއްފުށި)، 3 ކޯޓުގެ ވޮލީބޯލް އިންޑޯ، 3 ކޯޓުގެ ނޭޝަނަލް ބާސްކެޓްބޯލް އެރީނާ އަދި ނެޝަނަލް ޓީޓީ ސެންޓަރު ގާއިމްކޮށް ނިމިއްޖެނަމަ، ރާއްޖެއަަށް މިވަގުތަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތަކުގެ ބޮޑު ބައެއް ފުރިހަމަ ވީއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *