ސާފް ޗެމްޕިއަންޝިޕްގެ ތަށި އަނެއްކާވެސް އިންޑިޔާއިން ދިފާއުކޮށްފިއެވެ.
ސާފް ޗެމްޕިއަންޝިޕްގެ ތަށި އިންޑީޔާއިން ދިފާއުކުރީ ފައިނަލްގައި ރޭ ޕެނަލްޓީ ޖަހައިގެން ކުވައިތުގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ދެ ޓީމު އެއް ލަނޑު އެއް ލަނޑުން އެއްވަރުވުމުން މެޗުގައި ޕެނަލްޓީ ޖަހަން ޖެހުނެވެ.
އެ މެޗުގެ ކުރީކޮޅު ކުވައިތަށް ލަނޑު ޖަހައި ކުރި ހޯދައިދިނީ ޝަބީބް އަލް ޚަލްދީއެވެ. އިންޑީޔައަށް އެއްވަރުކުރީ ހާފު ނިމެން ކުޑައިރުކޮޅަކަށްފައި ވަނިކޮށެވެ.
އިތުރު ވަގުތު ދިނުމުންވެސް ނަތީޖާއަށް ބަދަލެއް އައިސްފައިވުމުން، ޕެނަލްޓީ ޖެހިއެވެ. ޕެނަލްޓީ ޖަހައިގެން ކުރި ހޯދީ އިންޑިޔާއެވެ.
އިންޑިޔާ މުބާރާތުގެ ފައިނަލަށް ދިޔައީ ސެމީގައި ޕެނަލްޓީ ޖަހައިގެން ލުބްނާން ބަލިކޮށް، އަދި ކުވައިތު ފައިނަލަށް ދިޔައީ ސެމީގައި ބަންގްލަދޭޝް ބަލިކޮށްގެންނެވެ. މި ދެ ޓީމު މުބާރާުގެ ގްރޫޕް ސްޓޭޖުގައި ކުޅެގެން އެއްވަރުވިއެވެ.