ވިއްސައިގެން ދިޔައީ ހަރުނުކޮށްހުރި ޕެނަލްތަކެއް، ހައިވޭގައި ދަތުރުކުރަން ނުރައްކަލެއް ނެތް: ސަރުކާރު

ހުޅުމާލެ ބްރިޖް ހައިވޭގެ ސޯލަރ ޕެނަލްތަކުގެ ތެރެއިން ވިއްސައިގެން ދިޔައީ ސްޓްރަކްޗަރގައި ހަރުކޮށްފައިވާ ޕެނަލެއް ނޫންކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،، ކްލައިމެޓްޗޭންޖު އެންޑް ޓެކްނޮލޮޖީން ވިދާޅުވެއްޖެއެވެ.

ހުޅުމާލެއާއި މާލެއާއި ދެމެދު ހައިވޭގައި ޤާއިމްކުރަމުންދާ ސޯލަރ ޕެނަލް ސްޓްރަކްޗަރގެ ބައެއް ޕެނަލްތައް ގަދަ ވަޔާއެކު ވިއްސައިގެންދާކަމަަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުއިއްޒު ވަނީ ވިދާލުވެފައެވެ.

މިކަމާބެހޭ ގޮތުން،  ދެކެވުންދާ ވާހަކަތަކާ ގުޅިގެން އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ، ހުޅުމާލެ ބްރިޖް ހައިވޭގައި ގާއިމުކޮށްފައިވާ ސްޓަރަކްޗަރގެ މޫދާވީ ފަޅީގައި ސޯލަރ ޕީވީ މޮޑިއުލްސްތައް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް 4 ޕެނަލެއް ވަޔާއެކު ވިއްސައިގެން މޫދަށް ގޮސްފައިވާކަމަށެވެ. އަދި އެއްވެސް ޕެނަލަކީ ސްޓްރަކްޗަރގައި ހަރުކޮށްފައި ހުއްޓައި ވިއްސައިގެން ދިޔަ ޕެނަލްތަކެއް ނޫންކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.
މިކަމުން، އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭކަމަށާއި، އެ ޕެނަލްތަށް މިހާރުވަނީ މޫދުން ނަގާފައިކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މިހާތަނަށް ބެލިބެލުމުން ސްޓްރަކްޗަރ އަކަށް ގެއްލުމެއް ވެފައިނުވާކަމަށާއި، ޑިޒައިން ފޯލްޓެއް ފާހަގަ ކުރެވިފައި ނުވާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އަދި އެ މިނިސްޓްރީން ވިދާޅުވީ، ހައިވޭގައި ދަތުރު ކުރުމަށް ނުރައްކަލެއްވާފަދަ އެއްވެސް ހާދިސާއެއް ނުވަތަ އެފަދަ ނުރައްކަލެއް އޮތްކަމަކަށް މިހާތަނަށް ބެލި ބެލުމުން ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު