7 ފެބުރުވަރީ 2025

ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވާ ޖަލްސާ މިރޭ!

ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވާ ޖަލްސާ މިރޭ ބޭއްވުމަށް ހަމަޖައްސާފައިވާތީ، އެޕާޓީން މިހާރު ދަނީ އެކަމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.


އެ ޖަލްސާ “ޔެސް ޓީވީ” އިން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

.https://twitter.com/thedemocratsmv/status/1676211812432506880?s=46&t=ySI7Fs7vBNecJDdNu41MBg

އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފައްދާ "ދަ ޑިމޮކްރެޓްސް" ޕާޓީއަށް އެމަނިކުފާނު މިރޭ ސޮއިކުރައްވާނެކަމަށް މައުލޫމާތު ވަނީ ލިބިފައެވެ..

ރައީސް މުހައްމަދު ނަޝީދު އިސްވެހުންނަވާ އުފައްދަވާ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފައެވެ.

ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވާ ޖަލްސާ އޮންނާނީ 5 ޖުލައިވާ ބުދަ ދުވަހުގެ ރޭ 8:30 ގައި ޣިޔާސުއްދީން ސްކޫލް ހޯލުގައެވެ.


"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި، މޭ 21 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ޕާޓީގެ މުއައްސިސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ނަމުގައެވެ.

ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާ އެކު ދަ ޑިމޮކްރެޓްސްގެ މެންބާޝިޕް ފޯމު ފުރުމުގެ މަސައްކަތް ޕާޓީ ރަޖިސްޓްރީކުރަން 3،560 ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިދިޔަ މަހުގެ ފުރަތަމަ ދުވަހު އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު