13 މިލިއަން ރުފިޔާ ޖަމާވި ކަމަށް ބުނާ މައްސަލައިގެ ދިފާޢުގައި އާރްޑީސީގެ މޭނޭޖިންގ ޑިރެކްޓަރ މޫސާ ޢަލި މަނިކު (މޫނޭ) ތެދުވެވަޑަގެންފިއެވެ.
އާރްޑީސީގެ އެކައުންޓަކާ ގުޅިގެން ނުވަތަ މުވައްޒަފެއްގެ އެކައުންޓަކަށް ޖަމާވި ފައިސާއަކާ ގުޅިގެން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ހުށަހެޅި މައްސަލައެއް ފުލުހުން ބަލާކަން އެނގިފައި ނުވާ ކަމަށާއި، އެފަދަ އެއްވެސް މައްސަލައެއް އުޅޭ ކަން ފުލުހުން އަންގާފައި ނުވާ ކަމަށް ވެސް މޫކޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ކުންފުނީގެ އެއްވެސް އެކައުންޓެއް މެދުވެރިކޮށް ގޯސް މުއާމަލާތެއް ނުހިންގާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައިވާއިރު، އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވައްކަން ކޮށްގެން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރަން މިއީ ޔާމިނެއް ނޫން ކަމަށާއި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ހިނގާ މުޢާމަލާތްތައް ފެންނަން ހުންނާނެ ކަމަށެވެ.
ކަނޑަ އެޅިގެން ދޮގެއް. ވައްކަން ކޮށްގެން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރަން މިއީ ޔާމިނެއް ނޫން. އެއް އެކައުންޓުން އަނެއް އެކައުންޓަށް ހިނގާ މުޢާމަލާތްތައް ފެންނަން ހުންނާނެތާ ގައިމުވެސް. ކުރުވާހަކަ ލިޔާ އިރުވެސް މިއަށްވުރެ ގަބޫލުކުރެވޭ ކަހަލަ ވާހަކަ ލިޔަން ފަރިތަ ކޮށްލުން… https://t.co/wuaHVqZV6k
— Moosa Ali Manik 🇲🇻 (@VMookey) July 4, 2023
ފުލުހުން އިއްޔެ ވަނީ އެފްއައިޔޫއިން ހުށަހެޅި އާރްޑީސީއާ ގުޅޭ މައްސަލައެއް ބަލަމުން އަންނަ ކަމަށް ބުނެފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ފުލުހުން ބަލަނީ އާރްޑީސީގެ ސީއެފްއޯ ޔާސިރު ހަސަންގެ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖަމާވި ކަމަށް ބުނާ މައްސަލައެކެވެ.
"އެއްވެސް އަމިއްލަ އެކައުންޓަކާ ގުޅިގެން ވެސް ނޯންނާނެ މައްސަލައެއް. މިއީ ހަމަ ބުހުތާނެ ވާހަކައެއް. ބަލާ ފަރާތަކުން މި މައްސަލަ ބަލަންވީ. އާރްޑީސީގެ އެއްވެސް މުވައްޒަފަކާ ގުޅިގެން އަމިއްލަ އެކައުންޓަކަށް ވިޔަސް އެހެން ގޮތަކުން ވިޔަސް ވައްކަން ކޮށްގެން ފައިސާތަކެއް އާރްޑީސީއަކަށް ޖަމައެއް ނުކުރާނެ،" މޫކޭ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ތިސޮރުމެންް ކޮައްފާނެެ ކޮންމެކަމެއްވެސްް ކުރާވިޔާނުދާކަންތައްތައްް ފޮރުވާފަސްއަޅަންް އިބޫޫ ހުރީމާަ ކިހާސަޅިި