Thursday, 18 April 2024

ރިޔާސީ އިންތިހާބު އޮބްޒާވްކުރަން އަވަށްޓެރި ބައެއް ގައުމުތަކަށް ދައުވަތު ނުދޭ

އަންނަ ސެޕްޓެމްބަރު 9 ގައި ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބު އޮބްޒާވްކުރަން އަވަށްޓެރި ބައެއް ގައުމުތަކަށް ދައުވަތު ނުދޭ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) ނިންމައިވައި އެކަން ހާމަކުރައްވައިފިއެވެ.

ދަޢުވަތު ނުދޭން ނިންމީ އެ ގައުމުތަކުގެ އިންތިހާބުތައް އޮބްޒާވްކުރަން ރާއްޖެއަށް ދައުވަތު ނުދޭތީ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ވަނީ ބުނެފައެވެ.

މިއަހަރުގެ ރިޔާސި އިންތިހާބު އޮބްޒާވްކުރަން އެ ކޮމިޝަނުން 15 ގައުމެއްގެ އިންތިހާބާ ބެހޭ ކޮމިޝަންތަކަށް ދައުވަތު ދިން އިރު، އޭގެ ތެރޭގައި އަވަށްޓެރި އިންޑިއާ އާއި ޕާކިސްތާނާއި ބަންގްލަދޭޝެއް ނުހިމެނެއެވެ. އީސީން ބުނީ ދައުވަތު ނުދޭ ގައުމުތަކުން ވެސް އަމިއްލަ ހަރަދުގައި އޮބްޒާވަރުން ފޮނުވައިގެން އިންތިހާބުގެ ކަންތައްތައް ބެ،ލުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

"ބައެއް އަޅުގަނޑުމެންގެ އަވަށްޓެރި ގައުމުތައް އަޅުގަނޑުމެން ނުހިމަނާ ވޭ، މިސާލަކަށް އިންޑިއާ ޕާކިސްތާނު، ބަންގްލަދޭޝް ކަހަލަ ގައުމުތައް. އެއީ އެގައުމުތަކުން އަޅުގަނޑުމެންނަށް އެބޭފުޅުންގެ އިންތިހާބުތައް އޮބްޒާވްކުރުމަށް އާއްމުކޮށް ފުރުސަތު ދެއްވައި ނުހައްދަވާތީ،" ރިޔާސީ އިންތިހާބަށް ލަފާދޭ ގައުމީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ފުއާދު ތައުފީގު ވިދާޅުވި އެވެ.

ދައުވަތު ދިން ގައުމުތަކުގެ ލިސްޓާ މެދު ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު ޕީޕީއެމުން މިދިޔަ މަހުގެ 28 ގައި ނެރުނު ބަޔާނެއްގައި، އީސީން ދައުވަތު ދީފައިވާ ފަރާތްތައް ދައުވަތު ދިނުމުގައި ބެލި މިންގަނޑުތަކާއި ސިޔާސަތުތައް ހާމަކުރަން ގޮވާލާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *