މި ސަރުކާރުން ހިޔާނާތްތައް އޮއްބާލަން މަސައްކަތް ކުރާ ކަމަށާއި އެއީ، އެމްޑީޕީއަށް ވެސް ލަދުވެތި ކަމެއް ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
"ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވާ މީހުން ހިމާޔަތްކޮށް، އެފަދަ މައްސަލަތަކުގައި ޕޮލިހާއި ޕީޖީ އަދި ކޯޓުތަކަށް ނުފޫޒު ފޯރުވާ އޮއްބާލައިކަން، ރައީސް ޞާލިޙްގެ މި ދައުރުގައި ފާހަގަވޭ،.. މިހާރު ފެންމަތިވެފައިވާ އާރުޑީސީގެ ޚިޔާނާތުގެ މައްސަލައަކީ ވެސް މިފަދަ އާންމު ކަމެއް. މިއީ އެމްޑީޕީގެ ވެރިކަމެއްގައި ލަދުވެތި ކަމެއް،" ނަޝީދު ވިދާޅުވިއެވެ.
އާރްޑީސީގެ އެކަައުންޓުން އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށާއި، އާރްޑީސީގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ)އާ މައްސަލަ ގުޅުވައި، ފައިސާ ޖަމާ ކޮށްފައިވަނީ ޔާސިރުގެ އަމިއްލަ އެކައުންޓަށް ކަމަށް ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
"އެއް އެކައުންޓުން އަނެއް އެކައުންޓަށް ހިނގާ މުއާމަލާތްތައް ފެންނަން ހުންނާނެތާ ގައިމު ވެސް. ކުރު ވާހަކަ ލިޔާ އިރު ވެސް މިއަށްވުރެ ގަބޫލުކުރެވޭ ކަހަލަ ވާހަކަ ލިޔަން ފަރިތަ ކޮށްލުން ރަނގަޅު ވާނެ ކަމަށް ފެނޭ،" މޫކޭ ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އާރްޑީސީގެ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ އެމްބެޒެލްމެންޓު އަދި މަނީލޯންޑަރިންގެ މައްސަލައެއްގެ ގޮތުގައެވެ. މި މައްސަލައާ ގުޅޭ އެއްވެސް ތަފުސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ކަލޭ ތިޔަ ވާހަކަ ދައްކަން މާ ތާހިރެއްނޫން ތިމާގެ ވެތިކަމުގަ ވުޖޫދުގަ ނެތްނކުންފުންޏަކަށްބހަމައެކަނި ލެޓަރ ހެޑެއްގެ ނަމުގަ އޮތް ޕްރިޕެއިޑްގެ ކުންފުންޏަށް މިލިއަނުން ރުފިޔާދިނީބހެލްތަށް ބޭސް ގެންނަން ކަމަށް ބުނެ އެފައިސާއަށްވީ ގޮތެއް ނޭގުނު ބޭހެއްވެސް ނުލިބޭ އެކަހަލަ ކިތައް ކަންތައްބާ ތިބާގެ ދޭއްބައި އަހަރުގެ ސަރުކާރުން ކޮށްފަ ހުރީ