8 މީހުންނާއިއެކު ދަތުރު ކުރި ދޯންޏެއް އަޑިއަށް ގޮސްފި

އދ. މަހިބަދޫ އަށް ދަތުރު ކުރި މުދާ އުފުލާ ދޯންޏެއް އަޑިއަށް ގޮސްފިއެވެ.

މާލެ އިން ފުރައިގެން އދ. މަހިބަދޫއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް އަލި ހުރަސް ކަނޑަށް އަޑިއަށްދާކަމުގެ މައުލޫމާތު ލިބުމާއި ގުޅިން ފުލުނުން ހަރަކާތްތެރި ވަމުންދާކަމަށް މައުލޫމާތު ލިބެއެެވެ.

މި ދޯނި ފުރައިގެން ގޮސްފައިވަނީ މޫސުން ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށެވެ. އަޑިއަށް ދިޔައިރު، ބޯޓުގައި 8 މީހުން ތިއްބެވެ. ދޯނި އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިގެން އދ. އަތޮޅުގައި ހަރަކާތްތެރިވާ ފުލުހުންގެ ލޯންޗެއް އެ ސަރަހައްދަށް ގޮސް ދޯނީގައި ތިބި މީހުން ވަނީ ސަލާމަތްކޮށްފައެވެ.

ފުލުހުންގެ ލޯންޗު މިހާރު ދަނީ މަހިބަދޫއަށް ދަތުރުކުރަމުންނެވެ. ލޯންޗުގައި ތިބި އެންމެންގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މިދުވަސްވަރަކީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާ ގުޅޭ އިދާރާތަކުން ދަނީ ތަކުރާރުކޮށް ހަނދާންކޮށްްދެމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު