އަމީނީ މަގުގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް ޓޯވކުރަން ނިންމައިފި

އަމީނީ މަގުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި ވެހިކަލްތައް ޓޯވކުރުމުގެ މަސައްކަތް އަންނަ ހަފްތާގެ ތެރޭގައި ފަށްޓަވާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އަމީނީ މަގުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އެއްގަމު އުޅަނދުތަކުގެ ސަބަބުން ޓްރެފިކް ތޮއްޖެހި ހިނގާބިނގާވާ މީހުންނަށާއި ދުއްވާ އުޅަނދުތަކަށްވެސް ދަތިވަމުންދާކަން ފާހަގަކުރެވިފައިވާކަމަށް އެ އިދާރާއިން ހާމަކުރެއްވިއެވެ.

އެގޮތުން، ފުލުހުންވަނީ ޢާއްމުންނަށް ދަތިވާގޮތަށް ގަވާއިދާ ޚިލާފަށް ޕާކުކޮށްފަހު ހުރި ވެހިކަލްތައް ބުރާސްފަތި ދުވަހުން ފެށިގެން ނެގުމަށް އަންގާފައެވެ. އަދި 3 ދުވަހަށް ބެލުމަށްފަހު އާދިއްތަ ދުވަހުން ފެށިގެން ގަވާއިދާ ޚިލާފަށް އެމަގުގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް ޓޯކުރާނެކަމަށް ފުލުހުން ވިދާޅުވިއެވެ.

އަމީނީ މަގުގައި ތާރު އަޅާ ޢާއްމުނަށް ހުޅުވާލިފަހު އެމަގުގެ ދެފަރާތުގައި 4 ފުރޮޅުލީ ވެހިކަލްތައް ގިނަ ޢަދަދަކަށް ޕާކުކޮށްފައި ހުންނަކަން ފާހަގަކުރެވެއެވެ. އަދި އޭގެ ސަބަބުން އެމަގުގައި ދުއްވާ ޗެހިކަލްތަކަށާއި އާންމުންނަށް ދަތިވެ އަމީނީ މަގު ތޮއްޖެހެމުން ދެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު