ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީން ވާދަ ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެންމެ ރަނގަޅު ގޮތަކީ ރައީސް މުޙައްމަދު ނަޝީދު ވެސް ވާދަކުރެއްވުން ކަމަށެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ކުރެއްވި ޓްވީޓެއްގައެވެ.
Qaumugai huri massalathah hallukoh, qaumuge minivankan dhifaaukoh, Islaamee hal'oarathaai Dhivehi sagaafaiy dhiruvai, munkaraaiythakaa dhekolhah, qaanoonee verikameh kurumah emme qaabilu adhi rayyithunge ummeedhuthakaa gulhifaivaa leader akee PPM ge candidate, Raees Yameen. IA,…
— Adam Shareef Umar (@Adamshareefz) July 5, 2023
އާދަމް ޝަރީފު މިހެން ވިދާޅުވެފައިވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ވެސް ކުރިމަތި ނުލައްވާ އަދި އެމަނިކުފާނު ވެސް ކުރިމަތި ނުލައްވައި، ދެބޭފުޅުން ވެސް އެކުގައި ރައްޔިތުން އެދޭ ގޮތް ހޯއްދަވައިދެއްވަން މަސައްކަތް ކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވަނީ ވިދާޅުވެފައެވެ.