ބެޓެރި ގޮވައި އަނިޔާވި މީހުން އިތުރު ފަރުވާ އަށް މާލެ ގެނެސްފި

ރ. އުނގޫފާރުން ފުރައިގެން މާލެއަށް ދަތުރު ކުރަމުން ދަނިކޮށް. "ކްރިސްޓަލް ސްޕީޑް" ލޯންޗުގެ ބެޓެރީ ގޮވައި އަނިޔާވި މީހުން އިތުރު ފަރުވާ އަށް މާލެ ގެނެސްފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އެ ލޯންޗުގައި 39 މީހަކު ތިއްބެވެ. އެ ލޯންޗުގެ ބެޓަރި ގޮވާފައި ވަނީ އިއްޔެ ހަވީރު އެވެ. އެ ލޯންޗު ބެޓަރި ގޮވި ހާދިސާގައި ހަތް މީހަކަށް އަނިޔާވެ، ކޮންމެވެސް ވަރަކަށް ފިހިފައިވާ ކަމަށް ޚަބަރު ލިބެއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ "ކްރިސްޓަލް ސުޕީޑް" އެރިޔަދޫ ރިސޯޓަށް ގެންގޮސް، އަނިޔާވި މީހުން ރޭ 7:30 ހާއިރު އިތުރު ފަރުވާ އަށް މާލެ ގެނެސްފައެވެ.

ފިހުނު މީހުންގެ ތެރޭގައި 'ސިންބޮލިކް ރެކޯޑްސް' ގެ ދެ ފަންނާނުން ވެސް ހިމެނޭކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު