ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް މިވަގުތު އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަނީ ފުރާނައަށް ނުރައްކާތެރި ބައްޔަކަށް ކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ (އެމްޓީޑީ) އިން ހާމަކޮށްފިއެވެ.
އަދީބުގެ ހާލު ވަރަށް ސީރިއަސްވެ، އައިޖީީއެމްއެޗް އަށް ރޭގެ ވަގުތެއްގައި، ގެންދިޔައިރު ހޭނެތިފައިވާ ކަމަށް ޚަބަރު ލިބެއެވެ.
އަދި އޭނަގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އެމްޑީޓީން ބުނެފައިވެއެވެ.
އަދީބަށް ޖެހިފައި ވަނީ ނާރުގެ ނިޒާމަށް އަސަރުކުރާ ފުރާނައަށް ނުރައްކާތެރި ބައްޔެއް ކަމަށާއި، މި ބަލި ފެނުނު ކަމަށް ބެލެވެނީ 2015 އިން ފެށިގެން 2018 ގެ ނިޔަލަށް ތިން އަހަރު ދުވަހުގެ މުއްދަތަކަށް ޖަލުގައި ބަންދުކޮށްފައި ހުއްޓާ ކަމަށް އެމްޓީޑީން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.
އަދި އެމަނިކުފާނު ޖަލުގައި ބަންދުކޮށްފައިވީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ހިލާފުވެވޭ ހާލަތެއްގައި ކަމަށްވެސް އެ ޕާޓީން ބުނެއެެވެ.
އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމްގައި އަދީބުއަށް ފަރުވާދެމުން އަންނައިރު، އެ ޕާޓީން އަންނަނީ އެމަނިކުފާނުގެ ހާލުކޮޅު ވަރަށް ގާތުން ބަލައި އެންމެ ފަހުގެ ޙާލަތު ބަޔާން ކޮށްދެމުންނެވެ.