މޫސުން ގޯސްވެގެން އިއްޔެ އަޑިއަށް ދިޔަ "ރިކާޑޯ" ދޯންޏާއި އެކު ހެލްތު މިނިސްޓްރީން އދ. އަތޮޅު ހޮސްޕިޓަލާއި، އެ އަތޮޅު ސިއްހީ މަރުކަޒުތަކަށް ފޮނުވި މިލިއަނެއްހާ ރުފިޔާގެ އައިޓީ ސާމާނު ގެއްލިއްޖެ ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.
ޢެ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އައިމިނަތު ޝަތުފާ ވިދާޅުވީ، ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ފެށި މަޝްރޫއުގެ ދަށުން އދ. އަތޮޅު ހޮސްޕިޓަލަށާއި އެ އަތޮޅު ހުރިހާ ސިއްހީ މަރުކަޒުތަކަށް ހެލްތު މިނިސްޓްރީން ފޮނުވި އައިޓީ ސާމާނު އެ ދޯނީގައި ހުރި ކަމަށެވެ.
އެއީ ގްރާންޓެއްގެ ދަށުން ނަގާފައިވާ މުދާތަކެއް ކަމަށެވެ. ޝަތުފާ ވިދާޅުވީ، އެ މުދާތަށް ގެއްލުނު ނަމަވެސް ޑިޖިޓަލައިޒޭޝަން މަޝްރޫއު ކުރިއަށްދާނެ ކަމަށާއި، އަދި އަލުން ސާމާނު ފޮނުވުމުގެ މަސައްކަތް މިނިސްޓްރީއިން ކުރާނެކަމަށް ވެސް ޝަތުފާ ވިދާާޅުވިއެެވެ.