މިމިންވަރަށް ވައްކަން ކުރަނީ ކޮރަޕްޝަނާމެދު މިސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ކަމަށް ވިިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވީ، އާރުޑީސީގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް 2019 އިނެ ފެށިގެން ވަދެފައިވާ ގިނަ އަދަދެއްގެ ފައިސާއަކީ ޕެޓީ ކޭޝް ކަމަށާއި އުސޫލާ ހިލާފަށް އެއްވެސް މުއާމަލާތެއް ހިންގައިފައި ނުވާނެ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ޗީފް ފައިނޭންސް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަން ވިދާޅުވެފައިވާތީ، އެކަމަށް ރައްދުދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.
"ޕެޓީކޭޝްގެ ގޮތުގައި 13 މިލިއަން ރުފިޔާ؟ މިމީހުން ހީކުރަނީ ދެންއުޅޭ އެންމެންނަކީ މޮޔައިންކަމަށް. މިހާ ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރުގެ ކުންފުނިތަކުގަ މިމިންވަރަށް ވައްކަން ކުރަނީ ކޮރަޕްޝަނާމެދު މިސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން." އުސާމް ވިދާޅުވިއެވެ.
މުވައްޒަފުންގެ އެކައުންޓަށް ޖަމާވެފައި ހުންނާނީ ޕެޓީކޭޝް: ޔާސިރު https://t.co/kLhWyarBeF
— Mihaaru (@Mihaarunews) July 6, 2023
އުޝާމް މިހެން ވިދާޅުވެފައިވާއިރު، އާރްޑީސީގެ އެކަައުންޓުން އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމާއި، އާރްޑީސީގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ)އާ މައްސަލަ ގުޅުވައި، ފައިސާ ޖަމާ ކޮށްފައިވަނީ ޔާސިރުގެ އަމިއްލަ އެކައުންޓަށް ކަމަށް ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
އެ މައްސަލަ ދިފާޢުކުރައްވައި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫކޭ ވިދާޅުވީ "އެއް އެކައުންޓުން އަނެއް އެކައުންޓަށް ހިނގާ މުއާމަލާތްތައް ފެންނަން ހުންނާނެތާ ގައިމު ވެސް. ކުރު ވާހަކަ ލިޔާ އިރު ވެސް މިއަށްވުރެ ގަބޫލުކުރެވޭ ކަހަލަ ވާހަކަ ލިޔަން ފަރިތަ ކޮށްލުން ރަނގަޅު ވާނެ ކަމަށް ފެނޭ،"
ފުލުހުން އާރްޑީސީގެ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ އެމްބެޒެލްމެންޓު އަދި މަނީލޯންޑަރިންގެ މައްސަލައެއްގެ ގޮތުގައެވެ. މި މައްސަލައާ ގުޅޭ އެއްވެސް ތަފުސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.