ޔާމީން ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވުމަކީ ނަޝީދުގެ އަމިއްލަ ހިޔާލެއް ކަމަށާއި، މި އިންތިހާބުގައި ނަޝީދާއި ޑިމޮކްރެޓްސް އުޅުއްވަނީ ތަންކޮޅެއް ފަހަތުގައި ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ވާދަ ނުކުރަން ނަޝީދު ވިދާޅުވި މައްސަލާގައި އެ ޖަލްސާގައި ބައިވެރިވި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވެސް ވަނީ ފާޑު ވިދާޅުވަމުން ފާހަގަކުރެއްވީ، އެ ބޭފުޅުން (ޑިމޮކްްރެޓްސް) ބޭފުޅުން ކެންޑިޑޭޓެއް ނުދައްކަވާ ކަމަށާއި، ޕީޕީއެމް/ޕީއެންސީ މާ ކުރިން ވަނީ ރައީސް ޔާމީން ކެންޑިޑޭޓުގެ ގޮތުގައި ނިންމައި ކެމްޕެއިން ވެސް ފަށާފައި ކަމަށެވެ.
"އަދި އެ ބޭފުޅުން ކެންޑިޑޭޓެއް ނުދައްކަވާ. ޕީޕީއެމްޕީއެންސީ މާ ކުރިން ވަނީ ރައީސް ޔާމީން ކެންޑިޑޭޓުގެ ގޮތުގައި ނިންމައި ކެމްޕެއިން ވެސް ފަށާފައި،" ޝިޔާމް ވިދާޅުވި އެވެ.
Raees Nasheed e vidhaalhuvee emanikfaanuge visnunfulhu. Mi inthikhaabgai RN adhi Democrats ulhuvvanee thankolheh fahathugai. Adhi ebeyfulhun candidatehves nudhakkava. PPM-PNC in maakurin vaanee Raees Yameen candidatuge gothugai nimma campaign ves fashaafai. #RY2023
— Ahmed Shiyam (@Shiyamaldives) July 5, 2023
ޝިޔާމް މިހެން ވިދާޅުވެފައިވާއިރު، ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ލީޑަރަކީ ޔާމީން ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލި ކުރުމަށް އެންމެ ރަނގަޅު ގޮތަކީ ނަޝީދު ވެސް އިންތިހާބުގައި ވާދަ ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި ކުރިޔަށް ދާނެ ގޮތަކާ މެދު ޑިމޮކްރެޓްސް އާއި ޕީޕީއެމް/ޕީއެންސީން ހިޔާލު ތަފާތުވި ނަމަވެސް އެ ޕާޓީތަކުން އަންނަނީ ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކުރަމުންނެވެ. މިހާ ތަނަށް ތިން ބައްދަލުވުމެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ޚިޔާލުތައް ފެންމަތިވެފައި "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ރޭ ޣިޔާސުއްދީން ސްކޫޅުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގެ ސަބަބުންނެވެ.
އެންމެ ރަނގަޅުގޮތަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިފާނާއި، ރައީސް ޢަބްދުﷲ ޔާމީންވެސް ކުރިމަތިނުލައްވައި މަޑުކުރައްވައި އައު ކެންޑިޑޭޓަކަށް ފުރުޞަތު ދިނުންކަމަށް، ރޭގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.