15 ޖަނަވަރީ 2025

ކާޖޮލްގެ ނަސޭހަތެއް ޒުވާން ތަރިންނަށް: ޕްލާސްޓިކް ސާޖަރީ ނުހަދާ!

އެއްވެސް ޒުވާންތަރިއެއް ޕްލާސްތިކް ސާޖަރީ ނުކުރުމަށް، ބޮލީވުޑް މަޝްހޫރު ފިލްމީ ތަރި ކާޖޮލް ނަސޭޙަތްތެރިވެއްޖެއެވެ.

ކާޖޮލް މިހެން ބުނެފައިވަނީ، އިއްޔެގެ ވަގުތެއްގައި އޭނާ ބޮލީވުޑް ހުންގަމަ ނިއުސް ނެޓްވޯރކަށް ދިން އިންޓަވިއުއެއްގައެވެ.

އޭނާ ބުނެފައިވަނީ، އަމިއްލަ ތަޖްރިބާއަށް ބަލާއިރު، ޕްލާސްޓިކް ސާޖަރީ ހެދުމަކީ ރަގަޅު ކަމެއް ނޫންކަމަށާއި ބިއުޓީ ސްޓޭންޑަރޑާ އެއްގޮތަށް މޭކަޕް ކޮށް ކުޅޭ ފިލްމަކާ ގުޅޭ ގޮތުން މޭކަޕްގެ ސްޓައިލް ގެންގުޅުން އެއީ މުހިއްމު ކަމެއް ކަމަށެވެ.

ޒޫމް މެދުވެރިކޮށް، އޭނާއާ ކުރެވުނު ބައެއް ސުވާލުތަކަށް ޖަވާބުދެމުން ކާޖޮލް ބުނީ، ކޮންމެ އިންސާނަކަށްވެސް ލިބިގެންވާނީ ވަކި ޚާއްސަ ސިފައަކާއި ބުރުސޫރައެއް ކަމަށާއި، އެކަން އެއީ މައްސަލައަކަށް ނުވާއިރު ރީއްޗަށް ހުރުމަށްޓަކައި، މޭކްޕްކޮށް ފަސޭހަ މަގެއް ޚިޔާރު ކުރުން ބޭނުންތެރިކަމަށެވެ.

ކާޖޮލްއަކީ އޭނާގެ ކެރިއަރުގެ ކުރީކޮޅު ވަރަށް ގިނަ ބަޔެއްގެ މަލާމާތާއި ފާޑުކިޔުން އަމާޒުވި ކުޅަދާނަ ބަތަލާއެކެވެ.

ޢޭނާ ވަނީ "ކުޗް ކުޗް ހޯތާ ހޭ"ފަދަ ރީތި ފިލްމުތައް ކުޅެ، އެތައް ކާމިޔާބެއް ހޯދާއި، ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް ލިބި، ފިލްމް އިންޑަސްޓްރީގައި މަޝްހޫރުކަން ހޯދާފައެވެ.

ބަތަލާ ކާޖޮލް މީގެކުރިން ބުނެފައިވާ ގޮތުގައި، އޭނާގެ ހަންގަނޑު ދޮންކޮށް ރީތިކުރަން އެއްވެސް ސާޖަރީއެއް ހަދާފައެއް ނުވެއެވެ. އަދި އޭނާގެ ސިފަޔަށް އަބަދާ އަބަދު މަލާމާތް ރައްދުވަމުން ދިޔައެވެ. އެހެންނަމަވެސް. އޭނާ ހިތްވަރާއެކު ފިލްމީ މަސައްކަތުގައި ސާބިތުވެ ކުރިޔަށް ދިޔައީ ފަސް އެނބުރި ބެލުމެއް ނެތިއެވެ.

ކާޖޮލް ފަހުން ހަންގަނޑު އަލިކޮށް ރީތިކުރަން ސާޖަރީ ހެދި ކަމުގެ ޚަބަރުތައް ތަންކޮޅެއް ކުރިން ވަރަށް ގަދަޔަށް ދެކެވެމުން ދިޔަނަމަވެސް މި ވާހަކަ ކާޖޮލް ދޮގުކުރެއެވެ.  އޭނާ ބުނަމުން ދިޔައީ ގޮތުގައި ހަންގަނޑު ރީތިކުރަން އޭނާ ސާޖަރީއެއް ނަހަދައެވެ. ކުރިހާ ވެސް ކަމަކަށްވީ އަވީގައި ނުޖެހި ބަލައިގެން އުޅުމެވެ.

ގާތްގަނޑަކަށް 10 އަހަރު ވަންދެން އޭނާ މަސައްކަތްކުރަން ޖެހުނީ ރަތްދަކަ އަވީގައިކަމަށާއި، އެހެންވެ އޭނާގެ ހަންގަނޑު ހުންނަނީ އޭރު ވަރަށް ބޮޑަށް އަނދާފައި ކަމަށް ފާހަގަކުރަމުން، މިހާރު އެއްގޮތަކަށްވެސް އޭނާ އަވީގައި މަސައްކަތް ނުކުރެާ ކަމަށް ބުންޏެވެ. ކުރެވުނު މަސައްކަތުން، ހަށިގަނޑަށް ބަލައިގެން އުޅުމުން ހަންގަނޑު ރީތިވެ ކުލަ އަލިވީ ކަމަށާއި، އެކަން ވީ ސްކިން-ވައިޓްނިން ސާޖަރީ އަކުން ނޫން ކަމަށް އޭނާ ބުންޏެވެ.

އެހެންކަމުން މިއަދުވެސް ކާޖޮލް ދެމުން އެގެންދަނީ، އެފަދަ ރަގަޅު ނަސޭޙަތެކެވެ. ޒުވާން ތަރިންގެ ކެރިއަރު ބައްޓަންކުރުމަށް ބޭނުންވާނެ މުހިއްމު ނަސޭޙަތެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު