16 ފެބުރުވަރީ 2025

ދިވެހީންގެ ރާއްޖެ: ރައީސް ޔާމީންގެ 2023 ކެމްޕެއިން ސްލޯގަން

2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ކެމްޕޭން ސްލޯގަން އަކީ "ދިވެހީންގެ ރާއްޖެ" ކަމުގައި ޕީޕީއެމްއިން ހަމަޖައްސައިފިއެވެ.

ޕީޕީއެމް ކޯލިޝަންގެ ލީޑަރު ޢަބްދުއްރަޙީމް ޢަބްދުﷲ، ކުރީގެ ރައީސް ޔާމީންގެ ކެމްޕޭން ހަރަކާތްތައް ފަށާފައިވާއިރު ރަސްމީ ސްލޯގަން އަދި ޑިޒައިން އެޕާޓިން ކަނޑައަޅާ މިއަދު ދަނީ ޢާންމު ކުރަމުންނެވެ. އެގޮތުން، ޓްވިޓަރގައި ޕީޕީއެމް ކޮލިޝަންގެ އިސް ބޭފުޅުން ގެންދަވަނީ، ޕްރޮފައިލް ޕިކްޗަރގެ ގޮތުގައި އެ ސްލޯގަން ބޭނުން ކުރައްވަމުންނެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ޝިޢާރާބެހޭ ގުޅޭގޮތުން ވާހަކަދައްކަވަމުން، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، މިއަދު އޮތީ ދިވެހިންގެ ރާއްޖެ ދިވެހީންނަށް ހޯދައިދޭން ޖެހިފައި ކަމަށާއި، އެކަން ކުރެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށެވެ.

އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ރައީސް ޔާމީންގެ ކެމްޕެއިންގެ އަމަލީ މަސައްކަތް ރަސްމީކޮށް މިދިޔަ ހޯމަ ދުވަހު ފަށާފައިވާއިރު، ކެމްޕެއިން ހަރަކާތްތަކުގެ މައިގަނޑު ބައި އެދުވަހު ކުރިއަށް ގެންގޮސްފައިވަނީ  މާލޭ ސަރަހައްދުންނެވެ. އެ ޙަރަކާތުގައި އެ ކޮލިޝަންގެ ބޭފުޅުން ވަނީ މާލޭ ގެތަކަށް ދޮރުން ދޮރަށް ޒިޔާރާތްކޮށް ކެމްޕެއިންގެ ފޯރިގަދަކޮށްފައެވެ.

މިހާރު އެ ޕާޓީގެ ކެމްޕައިން ޙަރަކާތްތައް ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު