މިއަހަރުގެ ގައުމީ ބެޑްމިންޓަން މުބާރާތުގެ ސިންގަލްސް ބައިން ޗެމްޕިއަންކަން، ހުސައިން ޒަޔާން ޒަކީ އާއި އާމިނަތު ނަބީހާ އަބްދުރައްޒާގް ހޯދައިފިއެވެ.
އިއްޔެ ހަވީރު ކުޅިވަރު އެކުވެނީގެ އިންޑޯރ ބެޑްމިންޓަރ ކޯޓުގައި ކުޅުނު ފައިނަލް މެޗުތަކުގައި، ފިރިހެން ސިންގަލްސް ފައިނަލުގައި ޒަޔާންއާ މިދިޔަ އަހަރުގެ ޗެމްޕިއަން ނިބާލް އަހުމަދުއާ ވާދަކުރިއިރު، މިދިޔަ އަހަރު ވެސް ފައިނަލުގައި ވާދަ ކުރީ މި ދެ ކުޅުންތެރިންކަން ފާހަގަކުރެވެއެވެ. އެެހެންނަމަވެސް މިފަހަރު ނިބާލްގެ މައްޗަށް 21-13 އަދި 21-16 އިން، ޒަޔާން ކުރި ހޯދައި، ޗެމްޕިއަންކަން ވަނީ ހޯދާފައިއެވެ.
މީގެ ކުރިން ޒަޔާން ވަނީ ގައުމީ ޗެމްޕިއަންކަން ހޯދައިފައިވެއެވެ. އެއީ 2017 ގަެ ސިންގަލްސް ފައިނަލް އޭނާ ކާމިޔާބު ކުރީ މުހައްމަދު ސާރިމްގެ ބަލިކޮށްގެންނެވެ.
އަންހެން ސިންގަލް ބައިން ފައިނަލުގައި ވިދިވިގެން ހަތަރުވަނަ ފަހަރަށްނަބީހާ ވަނީ ކުރި ހޯދާފައެވެ. މިފަހަރު އޭނާ އެއްމާބަނޑު ކޮއްކޮ ނަބާހާ އަބްދުރައްޒާގްގެ މައްޗަށް ނަބީހާ ކުރި ހޯދީ ވާދަވެރި ކުޅުމެއް ކުޅެ، ދެ ސެޓުން ކަން ފާހަގަކުރެވެެއެވެ. އެއީ ފުރަތަމަ ސެޓްގައި 21-15 އިން އަދި ދެވަނަ ސެޓުގައި 22-20 އިންނެވެ.
ނަބީހާ ވެސް ވަނީ 2017 ގައި މައިސާ ފަތުހުﷲ އިސްމާއީލްއާ ވާދަކޮށް ގައުމީ ތަށި އުފުލާފައެވެ.