ނެރުގެ މައްސަލަ ހައްލު ނުކުރާތީ ދިއްދޫގައި އިހުތިޖާޖުކޮށްފި

ތިލަދުންމަތީ ދެކުނުބުރީ ދިއްދޫ ބަނދަރުގެ ނެރުފައިކަށީގެ މައްސަލަ ހައްލު ނުވެ ގިނަ ދުވަސްތަކެއް ވެފައިވާތީ އެ ރަށުގެ މީހުން ރަށު ކައުންސިލު ކުރި މަތީ އިއްޔެ އިހުތިޖާޖުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ މައްސަލާގައި އިއްޔެ ހެނދުނުން ފެށިގެން ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ، ކައުންސިލުގެ އިދާރާގައި ތިބެގެން އިހުތިޖާކޮށްފައިވެއެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ، ރައްޔިތުންގެ ކަންބޮޑުވުމަކީ ބަނދަރުގެ ނެރު މިހާރު އޮތް ގޮތުން ގަދަ ދުވަސްވަރުގައި ފަޅު ބޭނުންކުރަން ދަތިވުމާއި، އެކަމުގެ ސަބަބުން އޮޑިދޯނި ފަހަރަށް އިންތިހާއަށް ގެއްލުންވަމުން ދިއުމެވެ.

މިދުވަސްވަރު މޫސުން ގޯސްވުމާ ގުޅިގެން، ބުދަދުވަހުވެސް ވަނީ އެ ރަށު ފަޅުގައި އޮތް ލޯންޗެއް ބަންޑުން ޖަހާލައި ވަރަށް ބޮޑެތި ގެއްލުންތައްވެފައެވެ. ރައްޔިތުންގެ ރުޅި ގަނޑު ފަޅައިގެން ދިޔައީ  މިހާދިސާއަށް ފަހުގައި ކަން އެށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ދިއްދޫ ބަނދަރަކީ ދައުލަތުގެ ބަޖެޓުން އެތއް މިލިއަން ރުފިޔާ ހަރަދުކޮށްގެން 2021 ވަނަ އަހަރު ހެދި ބަނދަރެއް ނަމަވެސް، އެ ބަނދަރުގެ ފައިކަށި ހަދާފައިވާ ގޮތުން މޫސުން ގޯސްވާ ދުވަސްވަރަށް ފަޅުތެރެ ވަރަށް ގަދަވެގެންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

އެ ބަނދަރުގެ ނެރުފައިކަށީގެ މައްސަލަ ކައުންސިލުން ސަރުކާރުގެ ސަމާލުކަމަށް ގެނައުމާ ގުޅިގެން އެ މަސައްކަތް ވެސް ކުރަން އޮތީ ޕްލޭންކޮށްފަ އެވެ. މިއަހަރުގެ ބަޖެޓުގައި ވެސް އެކަން ހިމެނިޔަސް އަދިވެސް އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް ޔަގީންނުވާތީ އާންމުންގެ ކަންބޮޑުވުން އެކަމުގައި އޮތީ އެވެ.

މައްސަލަ ހޫނުވުމުން އާންމުން. ފުލުހުންގެ ޓީމެއް ކައުންސިލް އިދާރާގައި ހަރަކާތްތެރިވަމުން ދިޔައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މަގާތަށް އަންނަނީހިނި ލާރިކޮޅު ބެހެމީހާވެސް އެނގޭތީ އަނެއްކާ ތިއޮތީ ފޮޓޯ އެއް..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު