މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމުން ދުރުކުރުމަށް ކުރެވޭ މަޝްވަރާތަކުގެ ދަށުން، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންއިން އެމްއެންޕީއާ ބައްދަލުކޮށްފިއެވެ.
Progressive Congress Coalition aai siyaasy party thakaa eku kurevey mashvaraa ge therein@MNP_Secretariat aa eku beyvvi furathama mashavaraa badhdhaluvun. pic.twitter.com/MRaJkXCyoe
— Progressive Party of Maldives (@ProgressPartyMV) July 6, 2023
މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމުން ދުރުކޮށް ރައްޔިތުން އެދޭފަދަ ވެރިކަމެއް ޤާއިމުކުރުމަށްޓަކައި، އަންނަ ސެޕްޓެންބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ހުރިހާ ސިޔާސީ ޕާޓީއަކުން ވެސް ޕީޕީއެމްގެ ކެންޑިޑޭޓު އަބްދުﷲ ޔާމީންގެ ފަހަތްޕުޅަށް އެރުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ގޮވާލައިފިއެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށްވާތީ، އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ގުޅިގެން މަސައްކަތް ކުރަން އެ ޕާޓީން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސްއާއެކު މަޝްވަރާތައް ކުރަމުންނެވެ. އަދި ރޭގެ ވަގުތެއްގައި ވަނީ ދަނގެތީ ދާއިރާގެ މެންބަރު ނާޒިމުގެ އެމްއެންޕީއާ ވެސް ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ.
މިހާރު ހިނގަމުންދާ މަޝްވަރާތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއްޔެ ވިދާޅުވީ ޑިމޮކްރެެޓްސްއާއެކު ހިޔާލު ތަފާތު ކަންކަން އެބަހުރި ކަމަށާއި އެހެންނަމަވެސް ދެ ފަރާތަށް ވެސް އެއްބަސްވެވޭ އެންމެ މައިގަނޑު ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުން ބާލައި، ރައްޔިތުން އެދޭފަދަ ހެޔޮ ވެރިކަމެއް ކޮށްދިނުމެވެ. އެކަން ކުރެވޭނީ ރައީސް ޔާމީނަށް ކަމަށް އޭނާ ތަކުރާރުކޮށް ގެންދަވަނީ ފާހަގަކުރައްވަމުންނެވެ.
ރައީސް ޞާލިހުގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި، އެކަން ކުރުމަށް އޮތް އެންމެ ފަސޭހަ މަގަކީ ޔާމީން ވެރިކަމަށް ގެނައުން ކަމަށް އަދުރޭ އަބަދުވެސް ވިދާޅުވަމުން ގެންދަވައެވެ.
"އެންމެ ސަޕޯޓަރުން ގިނަ ޕާޓީ [ޕީޕީއެމްއަކީ]، އެހެންވީމާ އަޅުގަނޑުމެން ގަބޫލުކުރަނީ ވެރިކަން ބަދަލުކުރުމަށް އެންމެ ފަސޭހަވާނީ ޕީޕީއެމްއާއެކުގައި މަސައްކަތް ކޮށްގެން ކަމަށް، އެއީ މި ދަންނަވާ ވާހަކައަކީ ވެރިކަން ބަދަލު ކުރާ މައްސަލައިގައި އެންމެން މި ތިބީ އެކީގައޭ،" އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ވެރިކަން ބަދަލުކުރަން ބައިވެރިވާން ބޭނުންވާ ކޮންމެ ބަޔަކާއެކީ ބައިވެރިވެގެން މަސައްކަތް ކުރާނެ ކަމަށެވެ.