18 ޖަނަވަރީ 2025

ދިވެހި ހައްޖުވެރިން ރާއްޖެ އަންނަން ފަށައިފި

މި އަހަރު މަތިވެރިގެންވާ ހައްޖުގެ އަޅުކަން އަދާކުޅައުމަށް ރާއްޖެއިން ހައްޖަށް ދިޔަ ޙައްޖުވެރީންގެ ރާއްޖެ އަންނަން ފަށައިފިއެވެ. އެގޮތުން މިއަދު އައިސްފައިވަނީ ރާއްޖެއިން ޙައްޖަށް ދިޔަ ގުރޫޕްތަކުގެ ތެރެއިން ފުރަތަމަ ގްރޫޕެވެ.

އަލް މަނާސިކް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި ޙައްޖަށް ދިޔަ މި ގްރޫޕް މިއަދު ރާއްޖެއަށް ފައިވާއިރު، ޙައްޖު މޫސުން ނިންމާލައި އެހެން ގްރޫޕްތައް ވެސް ރާއްޖެއައުމުގެ މަގުމަތީގައި އުޅޭ  ކަމަށް ޚަބަރު ލިބެއެވެ.

އަދި މިއަދު އަންނަ ދެވަނަ ގްރޫޕްގެ ރާއްޖޭގެ ހައްޖުވެރިން ފުރުމަށްޓަކައި މިހާރު އެއަރޕޯޓަށް ގޮސްފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ. މިހާރުވަނީ ފުރުމަށް އެއާޕޯޓަށް ގޮސްފައެވެ. އެއީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ގްރޫޕެކެވެ.

އަންނަ ހޯމަ ދުވަހު އިތުރު ގްރޫޕެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާ އިރު، އޭގެ ފަހުން އަންނަ ގްރޫޕް އަންނަ އަންގާރަ ދުވަހު ދެ ފްލައިޓް އައުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަންނަ ބުދަ ދުވަހު ވެސް ފްލައިޓެއް ރާއްޖެ އަންނައިރު، އެންމެ ފަހު ފްލައިޓް އައުމަށް ހަމަޖެހިފައިވަނީ މީގެ ހަތް ދުވަސް ފަހުން، ދެން އަންނަ ހުކުރެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު