23 އެޕްރީލް 2025

ރާއްޖޭގައި ބާއްވާ އިންތިހާބުތައް، އެމެރިކާގައި ބާއްވާ އިންތިހާބުތަކަށްވުރެ ފެންވަރު ރަނގަޅު ވާނެ: އީސީ

ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގެ ފެންވަރު އެމެރިކާގައި ބާއްވާ އިންތިހާބުތަކަށްވުރެ ފެންވަރު ރަނގަޅު ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

"އެންމެ ނަންކުރާ އެމެރިކާގައި ވެސް އަޅުގަނޑުމެންގެ ފެންވަރަކަށް ނުދޭ. އަޅުގަނޑު ހަމަ އެމެރިކާގެ އިންތިހާބު ވެސް އޮބްޒާވް ވެސް ކުރިން،"

ހަބީބު ވިދާޅުވިއެވެ.

 ރޭ ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން،  ހަބީބު ވިދާޅުވީ، ރާއްޖޭގައި ބާއްވާ ފެންވަރަށް ދުނިޔޭގެ އެހެން ގައުމެއްގައި ވެސް އިންތިހާބު ނުބޭއްވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ އިންތިހާބުތައް އޮބްޒާވްކުރެވިފައިވާ ކަމަށާއި، އެގޮތުން ބަލާއިރު ރާއްޖޭގައި އިންތިހާބުތައް ބާއްވާ ފެންވަރަށް،  އެ ޤައުމުތަކުގައި އިންތިޚާބު ނުބޭއްވޭ ކަމަށެވެ.

ރާއްޖޭގެ އިންތިހާބީ ނިޒާމަކީ ދުނިޔޭގެ އެއްވަނައޭ ދަންނަވަން ކެރޭނެ ކަމަށާއި، ރާއްޖޭގެ އިންތިހާބީ ނިޒާމު އޮތީ ވަރަށް ދެފުށް ފެންނަ އިތުބާރު ނިޒާމެއްގެ ގޮތުގައި ކަމަށާއި ކަންކަން މިހާރު ހުރީ މަކަރު ހަދަން ބޭނުންވާ މީހުންނަށް އެކަން އެގޮތަށް ނުކުރެވޭނެ ގޮތަކަށް ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

މި މޭރުމުން ހަބީބު ވާހަކަ ދައްކަވައި އިލެކްޝަންސް ކޮމިޝަން ދިފާޢު ކުރެއްވި ނަމަވެސް މިފަހަކަށް އައިސް ހިނގާފައިވާ ކަންކަމަށް ބަލާއިރު، އެ ކޮމިޝަންގެ މަސައްކަތްތަކާ މެދު ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން ދަ ޑިމޮކްރެޓްސް އުފެއްދުމަށް ކުރިމަތި ކުރުވި ކަންކަމާއި، އެމްއާރްއެމް އުވާލަަން ނިންމި ނިންމުމުގެ މައްސަލާގައި ސާބިތު ނުހިފޭ އެތައް ވާހަކައެއް އިލެކްޝަންސް ކޮމިޝަނުން ދައްކަވާފައިވާ ކަން ސިޔާސީ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ. އަންނަ ސެޕްޓެމްބަރު މަހު 0 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ނިންމާފައިވާއިރު، އިލެކްޝަންސް ކޮމިޝަނަކީ މިނިވަން ތަނެއް ނޫން ކަމަށް ތުހުމަތުކޮށް، އެފަރާތްތަކުން ވަނީ އީސީއާއި މެދު ސުވާލު އުފައްދައި އަޑުއުފުލަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ތި ކިއާ އެމެރިކާއަށް ވުރެ ރަނގަޅު ފެންވަރަކީ ވޯޓުން ވައްކަން ކުރުންތޯ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު