ސާފުތާހިރު ކަމަށް އިސްކަންދިނުމަށް މިއަދު ހުކުރު ޚުޠުބާގައި ގޮވާލައްވައިފި

ހުރިހާ ހާލަތެއްގައިވެސް ސާފުތާހިރު ވުމަކީ އިސްލާމީ ޘަޤާފަތުގެ ތެރެއިން ވާކަމެއް ކަމަށް ވިދާޅުވެ، ސާފުތާހިރު ކަމަށް އިސްކަންދިނުމަށް މިއަދު ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.

މިއަދުގެ ހުކުރު ޚުޠުބާ ބިނާ ކުރައްވާފައިވަނީ، "އިސްލާމް ދީނަކީ ސާފުތާހިރުކަމުގެ ދީން" މިމައުޟޫއުގެ މައްޗަށެވެ.

ޚުތުބާގައި ވިދާޅުވެފައިވަނީ، މަގުމައްޗަށާއި، ހިޔާލިބޭ ގަސްގަތުގެ ދަށަށާއި، މީހުން ހިނގާބިގާވެ އުޅޭ ތަންތަނަށް ކުޑަކަމު ދިއުމާއި، ޤަޟާޙާޖަތް ކުރުމާއި، ކުޅުޖެހުންފަދަ ކަންކަމަކީ އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ ކަންކަން ކަމުގައެވެ.

އިސްލާމް ދީނުގައި ސާފުތާހިރު ކަމުގެ ދާއިރާ ވަރަށް ފުޅާވެގެންވާ ކަން ބަޔާންކުރައްވަމުން، މަގުމަތި ސާފުތާހިރުކޮށް ބެލެހެއްޓުކަމީވެސް އަޅުކަމެއް ކަމަށާއި، އަދި އެއީ ވަރަށްބޮޑު ޒީނަތެއް ކަމަށާއި،  މަގުމަތީގެ ސާފުތާހިރު ކަމަކީ އެތައް ބަލިތަކުން މުޖުތަމަޢު ރައްކާތެރި ކޮށްދޭ ކަމެއް ކަމަށް ވިދާޅުވެ، މަގުމަތިން ކުނިބުނި ނަގާ ސާފު ކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއްކަމުގައި ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިކަން ފާހަގަކުރެއްވިއެވެ.

ފަރުދީ ސާފުތާހިކަން، ނުވަތަ ޝަޚުސީ ސާފުތާހިރު ކަމަކީވެސް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅާފައިވާ ކަމެއްކަމަށް ފާހަގަކުރައްވަމުން،  ނިޔަފަތި ކެނޑުމާއި، ކިހިލި ފަށްދަށުން އިސްތަށި އުފުރުމާއި، މަތިމަސް ކުރު ކުރުންފަދަ ކަންކަމަކީ ޝަޚުސީ ސާފުތާހިރުކަމުގެ ތެރޭގައިވާ ކަންކަން ބަޔާން ކުރައްވާފައިވެއެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ ކޮންމެ މުސްލުމަކުވެސް އަދާ ކުރަންޖެހޭ އަޅުކަން ސައްޙަވަނީ ދެ ހަދަސުން ޠާހިރުވެ ސާފުތާހިރުކަންމަތީ ހުރެ ސާފުތާހިރު ތަނެއްގައި ހުރެ އަޅުކަން އަދާ ކުރުމުންކަމަށެވެ. ނަމާދު ކުރުމާއި، ޠަވާފް ކުރުމަށް ނަޖިހުން ޠާހިރުވުމާއި، ހިނައިގަތުން ފަދަ ކަންކަމީ އިސްލާމް ދީނިގައި ޝަރުޢުކުރައްވާފައިވާ ކަންކަމައެވެ. އެގޮތުން ސާފްތާހިރުކަމަކީ އީމާންކަމުގެ އެއްބައިކަންވެސް ޚުޠުބާގައ ހަނދާންކޮށްދެއްވިއެވެ.

މުސްލިމް އަޚުންނޭވެ! ތިމާގެ ހަށިގަނޑާއި، ފޭރާމާއި، ދިރިއުޅޭ ވެށީގެ ސާފްތާހިރުކަމަކީ އަޅުކަން ގަބޫލުވުމާއި މާތްاللهގެ ރުއްސެވުމާއި، އެކިއެކި ބަލިމަޑުކަމުން ރައްކާތެރިވުމުގެ ވަސީލަތެކެވެ. އަދި ސާފުތާހިރުވުމަކީ މާތް اللهއާއި އެކަނލާގެ ރަސޫލާ އަމުރުކުރައްވާފައިވާ ކަމެކެވެ. ކީތި ޤުރުއާންގައި މާތް الله ވަޙީ ކުރައްވާފައި ވެއެވެ. "އަދި ކަލޭގެފާނުގެ ފޭރާންކޮޅުތައް ޡާހިރު ކުރައްވާށެވެ!"

ހުކުރު ޚުޡުބާގައި ވިދާޅުވިއެވެ.

ހަމައެހެންމެ، ފެން ނުލިބިގެން ނުވަތަ އެހެން ސަބަބަކާހުރެ ވިޔަސް، ހިނައިގަތުމާއި، ވުޟޫ ކުރުމަށް ފެން ބޭނުން ކުރުމަށް ނުކުޅެދިގެންވާ މީހުންވެސް ނަމާދު ކުރުމާއި ޡަވާފްކުރުމަށް ޠާހިރުވުމަށް އިސްލާމް ދީނުގައި ވަނީ އަންގަވާފައިވާ ކަމަށާއި،  ތަޔައްމަމް ކުރުން ފަދަ ކަންކަން ހިމެނިފައިވުމުން،  އިސްލާމް ދީނުގައި ސާފުތާހިރުކަމަށް ދެއްވާފައިވާ މުހިންމުކަން ހާމަވާ ކަމަށް ޚުޠުބާގައި އަލިއަޅުއްވާލެއްވިއެވެ.

.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު