އެޕާޓީގެ އިސް ދެފަރާތެއް ކަމަށްވާ އެމްއާރުއެމްގެ ނައިބު ރައީސް އާމިނަތު ނާދިރާއާއި، އަދި އެ ޕާޓީގެ ރަޖިސްޓާ ފާތުމަތު ޝަހީދާ، ރޭ ސީއެންއެމްގެ ޕްރޮގްރާމްގައި ވިދާޅުވީ، އެމްއާރުއެމް އުވާލުމުގައި ސިޔާސީ ބައެއްގެ ދައުރު އޮތް ކަމަށާއި އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރައްވަނީ ޤާނޫނީ ޚިލާފަށް ކަމަށެވެ.
އެމްއާރުއެމް ފޮހެލެެއްވުމުގައި ހަމައެކަނި މަސައްކަތް ކުރެއްވީ އިލެޝަން ކޮމިޝަނުން ނޫންކަމަށް ކަމަށް ފާހަގަކުރައްވަމުން، އެކަމުގައި ސިޔާސީ ބައެއް ފަރާތްތަކުގެ އެއްބާރުލުމެއް އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ނާދިރާ ވިދާޅުވިއެވެ.
ޝަހީދާ ވިދާޅުވީ ޕާޓީގެ ކުރިމަގުގައި މިހާރު އޮތީ އާންމު މެމްބަރުންގެ މެދުގައި ސުވާލު އުފެދޭ ހިސާބުގައި ކަމަށާއި، މެމްބަރުން ހަމަ ނުވާ ކަމަށްބުނެ ފެބްރުއެރީ މަހު ނޯޓިސް އެއް ދެއްވި ނަމަވެސް އަދަދު ހަމަކުރެވޭ ވަރަށް ފަހުން ވެސް ފޯމު ހުށައަޅާފައިވާ ކަށެވެ. އެހެން ނަމަވެސް، ފޯމު ހުަށައަޅަމުން ދިޔައިރުވެސް މެމްބަރުން އިތުރުނުވާ ކަމަށް އިލެޝަންއިން ވިދާޅުވެފައިވާތީ އެއީ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަވަމުން ދިޔަ ކަމަށާއި އެކަމަކީ އެއްވެސް ޙާލަތެއްގައި ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ޝަހީދާ ވިދާޅުވިއެވެ.
"އަޅުގަނޑު މެންނަ ފާހަވި މައްސަލަ ތަކުގެ ތެރޭގަ ހަގީގަތް ނޭނގޭ ގޮތަށް އަޅުގަނޑުމެންގެ މެމްބަރުން އިލެޝަންއިން އިން ވަކިކުރުމުން ދިޔަ." ފާތުމަތު ޝަހީދާ
ނަދިރާ ވިދާޅުވީ މިގޮތަށް އިލެކްޝަންގެ އަމަލުތައް ހުރުމުން މިނިވަން މުއައްސައެއްގޮތަށް ގަބޫލުކުރަން ފަސޭހަ ނޫން ކަމަށާއި، މިއަދު އެ ކޮމިޝަނަކީ މިނިވަން ތަނެއްގެ ގޮތުގައި ދިވެހި ރައްޔިތުން އެގޮތަށް ގަބޫލު ނުކުރާކަމަށެވެ.
އިލެކްޝަން ކޮމިޝަނަކީ ސިޔާސީ ޕާޓީތައް އިދަ ޖައްސާލަން އޮންނަ ތަނެއްނޫން ކަމަށް ވިދާޅުވެ ނާދިރާ ފާހަގަކުރެއްވީ، އެ ތަނުގެ ޒިންމާއަކީ ކުޑަ ޕާޓީ އެއްވިޔަސް ބޮޑު ޕާޓީއެއް ކަމުގައި ވީނަމެސް އެޕާޓީ އަކަށް އެއްބާރުލުންދީ ކުރިއަށް ދިއުން ޙައްޤުތައް ހިމާޔާތްކުރުން ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ޢަމަލުތައް މިހާރު ހުރިގޮތުން މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ ކަމާމެދު ގިނަ ސިޔާސީ ޕާޓީތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.