16 ޖަނަވަރީ 2025

ޖުމްހޫރީ ޕާޓީގެ ކެމްޕެއިން ޓީމެއް ލާމަށް!

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމަށް ތާޢީދު ހޯދުމަށްޓަކައި، އެ ޕާޓީގެ ޓީމެއް ރާއްޖޭގެ ދެކުނަށް ފުރައިފިއެވެ.

ދެކުނަށް ކުރައްވާ ދަތުރުގައި، ލ. އަތޮޅަށް ފުރާވަޑައިގަންނަވަމުން ޖުމްހޫރީ ޕާޓީގެ ސުޕެޝަލް އެންވޯއީ އަދި އެ ޕާޓީން ދެކުނަށް ކަނޑައަަޅުއްވާފައިވާ ކެމްޕެއިން މެނޭޖަރ އިލްހާމް އަޙްމަދު ކުރެއްވި ޓްވީޓެއްގައި، އެ މިދަތުރު ވެގެންދާނީ ކާމިޔާބު ދަތުރަކަށް ކަމަށް ވަނީ ވިދާޅުވެފައެވެ.

ކެމްޕެއިން ދަތުރުތައް ރާއްޖޭގެ ދެކުނަށް ފަށާފައިވާއިރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ލީޑަރ ޤާސިމް އިބްރާޙީމްގެ ދެކުނު ކެމްޕޭން ޓީމުން ހުޅުމާލޭ ގެ ފުލެޓް ތަކުގައި ދިރިއުޅުއްވާ ފަރާތްތަކުގެ ހާލަތު ދެނެގަތުމަށް ކުރާމަސައްކަތް ފޯރިއާއިއެކު ވޭތުވެދިޔަ ތިން ދުވަހުވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އީދު ބަންދު ތެރޭގައި ވަނީ ޖޭޕީގެ އުތުރު ކެމްޕެއިން ޓީމްތައް އުތުރުގެ އަތޮޅުތަކަށް ޒިޔާރަތްކޮށް ތާޢީދު ހޯދުމުގެ މަސައްކަތްތައް ކުރައްވާފައެވެ. އެ ޓީމުގެ ބޭފުޅުން  ބ. އަތޮޅުގެ އެކި ރަށްތަކަށް ވަޑައިގެން ގާސިމަށް ތާއީދު ހޯދުމުގެ މަސައްކަތް ކުރައްވަމުންގެންދެވިއެވެ. އެ ޓީމު ވަނީ ކެންދޫ އާއި ތުޅާދޫ އަށާއި ރ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތް ކޮށްފައެވެ. އެ ޓީމުގައި ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި އުތުރު ކެމްޕެއިން މެނޭޖަރު އަމީން އިބްރާހިމާއި ގާސިމްގެ ތަރުޖަމާނު އަބްދުﷲ އަމީނާއި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒާއި ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސެއިން ބައިވެރިވެވަޑައިގެންނެވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު