ފުވައްމުލަކަށް ހިލަ ގެންދިޔަ ބާޖެއް ފުވައްމުލަކުގެ ފަރަށް އަރައި، އެ ބާޖަށް ގެއްލުންތަކެއް ވެއްޖެއެވެ.
ފުވައްމުލަކުގެ ގިރަމުންދާ ސަރަހައްދުގައި ތޮށިލުމަށް ގެންދިޔަ ހިލަތައް ބަރުކޮށްފައިވާ ބާޖު ވަނީ ފަރަށް އަރާފައި ކަމަށާއި، ބާޖު ފަރަށް އަރާފައިވަނީ އެ ސިޓީގެ ބަނދަރަށް ވަންނަ ނެރާއި ދިމާއިން ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
ކައުންސިލުން ވިދާޅުވީ، ގޮތުގައި ބާޖު ފަރަށް އެރުމުގެ ސަބަބުން ވަރަށް ބޮޑަށް އަރިއަޅާލާ ބައެއް ހިލަތައް ވަނީ މޫދަށް ފައިބައި، ބާޖުގެ ބޮޑު ބައެއް އޮތީ އަޑީގައި ކަމަށެވެ. ބާޖު ފުން ކުރުމުގެ މަަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ފުވައްމުލަކުގެ ގިރަމުންދާ ސަރަހައްދުގައި ތޮށިލުމުގެ މަސައްކަތްކުރުމަށް ޙަވާލުކޮށްފައިވަނީ ހޯގާޑް ކުންފުންޏާ ކަމަށް މަޢުލޫމާތު ލިބެއެވެ.