Thursday, 18 April 2024

ބާކީވާ ވޯޓު ކަރުދާސްތަކުގައި ލޯވަޅެއް އަޅާނެ: އީސީ

ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ބޭނުންކުރާ ވޯޓު ކާރުދާހުގެ ތެރެއިން ބާކީވާ ކަރުދާހުގައި ލޯވަޅެއް އެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ނިންމީ ރިޔާސީ އިންތިހާބުގެ ގައުމީ ލަފާ ދޭ ކޮމިޓީގައި ތިއްބަވާ ބޭފުޅުންގެ ލަފާފުޅުގެ މަތީންނެވެ.

ވޯޓުލާ ނިމުމުން ވޯޓުލާ ކޮންމެ މަރުކަޒެއްގައި ހުންނަ ބާކީ ވޯޓު ކަރުދާސްތައް ނައްތާލުމަށް، ގައުމީ ލަފާ ދޭ ކޮމިޓީގައި އިދިކޮޅު ޕީޕީއެމް އިން ހުށަހެޅިއެވެ. އެހެންނަމަވެސް، އެއީ އިންތިހާބާ ބެހޭ ގާނޫނު އިސްލާހުކޮށްގެން ނޫނީ ކުރެވޭނެ ކަމަކަށް ނުވާތީ ބާކީ ވޯޓު ކަރުދާހުގައި ލޯވަޅެއް އެޅުމަށް އީސީގެ މެންބަރުންގެ ބައްދަލުވުމެއްގައި މިހާރު ވަނީ ނިންމަވާފައެވެ.

އިންތިހާބާ ބެހޭ ގާނޫނުގައިވާ ގޮތުން ބާކީ ހުންނަ ވޯޓު ކަރުދާސްތައް ނައްތާލެވޭނީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުމަށްފަހު އަދި އިންތިހާބާ ގުޅޭ މައްސަލައެއް ކޯޓުގައި ހިނގާނަމަ އެކަމެއް ނިމޭތާ 14 ދުވަސް ފަހުންނެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ކަމަށާއި އަދި ދެވަނަ ބުރެެއްގައި ވޯޓުލާން ޖެހިއްޖެނަމަ ވޯޓުލުން އޮންނަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ޥޯޓްް ކަރުދާސްް މަދުު ވިޔަސްް ވޯޓްލުންް ކުރިޔަށްް ގެނދޭެ ދެންް އިތުރުު ވިޔަސްް ބާރަށްް ކުރިޔަށްް. ޚަރުދާސްް ބޭރުު ކޮށްފަަ ފާހަގަަ ލީީ ކަރުދާސްް ގެނެސްް އަޅާާ ހަމަަ ކުރީމަަ ފޮށްޓަށްް ގެނައިި ކަރުދާސްް ހަމަަ ވާނ! ވޯޓްް ފޮށްޓަށްް ސަމާލްް ވާންް ޖެހޭެ. ފޮށިި ކައިރީގަަ ވެސްް ވަގުންނ ތިބިތޯޯ ބަލަންނ ޖެހިފަަ.

  2. ވޯޓްް ފޮށިި އޮބްޒާވްް ކުރަނ ތިބުމަކީީ މާދުރުގަަ ގޮނޑިި އަޅާފަަ ބަޔަކުު ބެއިި ތިއްބުމެއްް ނޫންް. ހަދާާ ނަހާދާާ ބެލުމުގެެ އިޚްތިޔާރުު ހާމަަ ކަންް ބޮޑުކޮށްް ބެލެންް ވާނެެ. ޚެންޑިޑޭޓުންގެެ މަންދޫބުންް އފިޝަލުންް ފަދައިންް ގާތުގަަ ތިބެވެންް ވާނެެ. ޏޫނީީ މަކަރުު ހެދުނުގެެ ޖާގަަ ބޮޑުު.

  3. ވޯޓުގައި ލޯވަޅު އެޅިފަ ހުންނަ ވާހަކަ ތިޔައީ އާވާހަކައެއް ނޫން. ޅާފަހުންނަ ފާހަގަ ވެސް އެލޯވަޅުން ނުކުމެގެން ދަނީ. ވޯޓު ފޮށީގަ ވެސް ލޯވަޅު އެޅިފަ. ވޯޓު ލުމުގެކުރިން ލޯވަޅު ނެތްކަން ކަށަވަރު ކޮށްދޭތި!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *