ރަޝިޔާގެ ރަޝިޔާގެ ރައީސް ލަޑިމިއަރ ޕުޓިން ދަތުރުކުރައްވާ ޓްރެއިންގައި ޖިމާއި، ސެލޫން އާއި މޫވީ ތިއޭޓަރ ފަދަ ތަންތަން ހުރި ފޮޓޯތަކެއް އާންމުވެއްޖެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން، އެ ޓްރެއިން އަކީ ދުނިޔޭގެ އެންމެ މަތީ ފެންވަރަށް ހަދާފައިވާ ލަގްޒަރީ ޓްރެއިންއެކެވެ. އެޓްރެއިން ގައި އެންމެ މަތީ ފެންވަރުގެ ޚިދުމަތް ދެވޭނެ ގޮތަށް އިންތިޒާމްތައް ވަނީ ހަމަޖައްސައި ބޭނުންވާނެ އެންމެ ލަގްޒަރީ ތަންތަން ޤާއިމުކޮށްފައެވެ.

އެގޮތުން އެ ޓްރައިންގައި ޓްރެއިންގައި ޖިމާއި، ސެލޫން އާއި މޫވީ ތިއޭޓަރ ފަދަ ތަންތަނުގެ އިތުރަށް ފެންސީ ޝަވަރ އާއި "އެރޯމާ ފޯމް" އާއެކު ފެންވެރޭނެ އިންތިޒާމްވެސް ވަނީ އެންމެ ހިތްހަމަޖެހޭނެ ފެންވަރަށް ޤާއިމުކޮށްފައެވެ. އެތަން ޤާއިމުކޮށްފައިވަނީ 3.75 މިލިއަން ޕައުންޑަށް ކަމުގައި ރިޕޯޓްކޮށްފައިވެއެވެ.

ދިރާސާ ކުރާ ފަރާތެއް ކަމަށްވާ "ޑޮސިއަރ ސެންޓަރ" އިން ހާމަކޮށްފައިވާ ގޮތުގައި، އެ ޓްރެއިންގައި ބޭސް ފަރުވާ ކުރުމަށް މެޑިކަލް ސޫޓަކާއި އެކަމަށް ބޭނުންވާނެ މެޝިންތަކާއި، ހަށިގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބޭނުންވާނެ އާލަތްތައް ބެހެއްޓިފައިވެއެވެ. މީގެއިތުރުން ލަންގް ވެންޓިލޭޓަރާއި، ޕޭޝަންޓް މޮނިޓަރ މެޝިންތައްވެސް ބެހެއްޓިފައިވެއެވެ.

ހަމައެހެންމެ ރެސްޓޯރަންޓްތަކާއި، ކުޅިވަރާއި މުނިފޫހިފިލުމަށްޓަކައި ރައީސަށް ޚާއްސަ ތަންތަން ވަނީ ޤާއިމުކުރެވިފައެވެ.

"ދަ އިންޑެޕެންޑެންޓް" ގެ ރިޕޯޓްތައް ބުނާ ގޮތުން ރަޝިޔާ ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުން ޕުޓިން ގިނަ ވަގުތު ހޭދަކުރައްވަނީ އެ ޓްރެއިން ގައެވެ. 2021 ވަނަ އަހަރުން ފެށިގެން ޕުޓިން އެ ޓްރެއިންގައި އުޅުއްވަން ބޭނުންފުޅުވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
މި ދިޔަ މަހު، ރަޝިޔާގައި ވެގްނާ ގެންނަން އުޅުނު ބަޣާވާތަށްފަހު ރަޝިޔާގެ ރައީސް ޕުޓިން ގެ ޙާލަތު ދަށްކަމަށް ވެސް ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރެއެވެ.



