ގާސިމްގެ ކެމްޕެއިން ލ. އަތޮޅުގައި ފޯރީގައި

ޖުމްހޫރީޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމްގެ ކެމްޕެއިން ލ. އަތޮޅުގައި ފުޅާކުރުމަށް ދެކުނު މެނޭޖަރ ސްޕެޝަލް އެންވޯއި އިލްހާމް އަހުމަދުގެ ޓީީމުން ލ.އިސްދޫއަށް މިއަދު ވަޑައިގެންފިއެވެ.

މިދަތުރުގައި އިލްހާމު އަޙްމަދުގެ އަރިހުގައި ޑެޕިއުޓީ ލީޑަރ ޝާހްއާއި، ސްޕެޝަލް އެޑްވައިޒަރ ރިޔާޒްއާއި އެސްޖީ އާރިފް އަދި ކައުންސިލްގެ ބައެއް މެމްބަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ޖުމްހޫރީޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބްލް ގާސިމް އިބްރާހިމްގެ ކެމްޕެއިން ލ.އޮތޮޅުގައި ފުޅާކުރުމަށް ދެކުނު މެނޭޖަރ ސްޕެޝަލް އެންވޯއި އިލްހާމް އަހުމަދުގެ ޓީީމް ލާމަށް ފުރާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

އީދު ބަންދު ތެރޭގައި ވަނީ ޖޭޕީގެ އުތުރު ކެމްޕެއިން ޓީމްތައް އުތުރުގެ އަތޮޅުތަކަށް ޒިޔާރަތްކޮށް ތާޢީދު ހޯދުމުގެ މަސައްކަތްތައް ކުރައްވާފައެވެ. އެ ޓީމުގެ ބޭފުޅުން  ބ. އަތޮޅުގެ އެކި ރަށްތަކަށް ވަޑައިގެން ގާސިމަށް ތާއީދު ހޯދުމުގެ މަސައްކަތް ކުރައްވަމުންގެންދެވިއެވެ. އެ ޓީމު ވަނީ ކެންދޫ އާއި ތުޅާދޫ އަށާއި ރ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތް ކޮށްފައެވެ. އެ ޓީމުގައި ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި އުތުރު ކެމްޕެއިން މެނޭޖަރު އަމީން އިބްރާހިމާއި ގާސިމްގެ ތަރުޖަމާނު އަބްދުﷲ އަމީނާއި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒާއި ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސެއިން ބައިވެރިވެވަޑައިގެންނެވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު