މުޒާހަރާގެ ތެރެއިން ހައްޔަރު ކުރީ ފުލުހުންނާ ދިމާލަށް އެއްޗެއް އެއްލި މީހެއް: ޕޮލިސް

އިއްޔެ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރީ ފުލުހުންނާ ދިމާލަށް އެއްޗެއް އެއްލި މީހެއްކަމަށް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ވިދާޅުވެއްޖެއެވެ.

އަދި އޭނާ ހައްޔަރުކުރިއިރު، އޭނާ ހުރީ ކުޑަކުއްޖެއް ގޮވައިގެން ނޫންކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މުޒާހަރާ ކުރިއަށްދިޔަ ވަގުތު އެސަރަޙައްދުގެ ފޮޓޯއެއް ނަގައިގެން މީހަކު ހައްޔަރު ކުރި ކަމަށް ވިދާޅުވަމުން، އެއީ ކުޑަކުއްޖެއް ގޮވައިގެން ހުރި މީހެއްކަމަށް ބުނެ ފަތުރަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ފުލުހުން ހާމަކުރެއްވިއެވެ.

ފުލުހުން ވިދާޅުވީ، ކުޑަކުއްޖެއްގެ ހާޒިރުގައި ބެލެނިވެރިޔާ އަނިޔާވެރި ގޮތަކަށް ހައްޔަރުކުރި ކަމަށް ބުނެ ދެކެވެނީ ދޮގު ވާހަކައެއް ކަމަށާއި، ހައްޔަރުކުރީ މުޒާހަރާ ކުރިތަނުގައި ތިބި ފުލުހުންގެ ސަފު ކުރިމައްޗަށް އައިސް ފުލުހުންނާ ދިމާއަށް އެއްޗެއް އެއްލި މައްސަލައިގައި ކަމަށެވެ.

"އަދި އެއިރު އޭނާ ކައިރީ ކުޑަ ކުއްޖަކު ފެންނަން ނެތްކަން ފާހަގަ ކޮށްލަން،" ފުލުހުން ވިދާޅުވިއެވެ.

"މިއަދު ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާ އަކީ އެތުރިގެން ތިބި ފުލުހުންގެ ސަފުގެ ކުރިމައްޗަށް އަރައި ފުލުހުންނާ ދިމާ އަށް އެއްޗެއް އެއްލި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެކެވެ."

– ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ހައްޔަރުކުރި މީހާއަކީ ސައިކަލެއްގައި ކުޑަކުއްޖަކު ގޮވައިގެން ދިޔަ މީހެއްކަމަށާއި އޭނާ ހައްޔަރުކުރީ ފޮޓޯއެއް ނެގުމުންކަމަށް ބުނެ ޕީޕީއެމް/ޕީއެންސީ އިން ވަނީ އިއްޔެ ބަޔާނެއްވެސް ނެރެފައެވެ.

ދަތުރު ކުރަމުން ދިޔަ މީހަކު އަނިޔާވެރިކަމާއެކު ހައްޔަރުކުރި ކުރުން ކުށްވެރިކުރަން: ޕީޕީއެމް/ޕީއެންސީ

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު