12 ފެބުރުވަރީ 2025

ދިވެހި ބަހާއި އަދަބިއްޔާތުގެ ޚިދުމަތްތެރީންނަށް ރައީސް މައުމޫންގެ ތަހުނިޔާ!

ދިވެހި ބަހުގެ އެންމެހާ ޚިދުމަތްތެރިނަށް ކުރީގެ ރައީސް އަދި، ބަހުގެ އަދަބިއްޔާތަށް ވެރިކަމުގެ 30 އަހަރުގައިވެސް ބޮޑު އިސްކަމެއް ދެއްވީ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލް ޤައްޔޫމް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ދިވެހި ބަހުގެ ދުވަހުގެ ތަހުނިޔާ ބަހުގެ އެެންމެހާ ޚިދުމަތްތެރީންނަށް އަރިސް ކުރައްވައި ރައީސް މައުމޫން ވިދާޅުވީ ބަހުގެ ޚިދުމަތްތެރީންނަކީ އެބޭފުޅުންގެ އަގުހުރި ޚިދުމަތުގެ އަގު އަބަދުމެ ވަޒަން ކުރަންޖެހޭ ބައެއް ކަމަށެވެ. ރައީސް މައުމޫން ވަނީ ދުވަހުގެ ތަހުނިޔާ ދިވެހި އަދަބިއްޔާތަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ ރާއްޖޭގެ އެންމެހާ ކުޅަދާނަ ލިޔުންތެރިންނަށް ލިޔުންތެރިންގެ ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާ ދަންނަވާފައެވެ.

ދިވެހި އަދަބިއްޔާތަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ ރާއްޖޭގެ އެންމެހާ ކުޅަދާނަ ލިޔުންތެރިންނަށް ލިޔުންތެރިންގެ ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް ފޮނުވަން.

– ރައީސް މައުމޫން ވިދާޅުވިއެވެ.

ރާއްޖޭގެ ލިޔުންތެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. އެއީ ރާއްޖޭގައި ޗާޕުކޮށްގެން އެންމެ ފުރަތަމަ މަޖައްލާއެއް ނެރުނު ދުވަހެވެ. "އަލްއިޞްލާޙް" ގެ ނަމުގައި ނުކުތް މަޖައްލާގެ ފުރަތަމަ ޢަދަދު ނެރުނީ 1933 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. މި މަޖައްލާ ނެރެން ފަށާފައިވަނީ 22 ޑިސެމްބަރު 1932 ގައި ތަންފީޒުކުރަން ފެށުނު ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީއިން ލިބުނު މިނިވަންކަމުގެ ތެރެއިންނެވެ.

އޭގެކުރިން އެފަދަ ނޫސްވެރިކަމުގެ މިނިވަންކަމެއް އަދި ލިޔުންތެރިކަމުގެ މިނިވަންކަމެއްވެސް އާންމުކޮށް ލިބިފައެއް ނުވެއެވެ. އެހެންކަމުން ލިޔުންތެރިކަން އޭގެ ހަޤީޤީ މާނައިގައި ރާއްޖޭގައި ފެށިގެން އައީ އެހިސާބުންނެވެ. ރާއްޖޭގައި ލިޔުންތެރިންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރެވުނީ 1993 ވަނަ އަހަރު ޖުލައިމަހުގެ 8 ވަނަ ދުވަހުއެވެ. މިއަހަރުގެ ދިވެހި ލިޔުންތެރިންގެ ދުވަހުގެ ޝިޢާރެއްގެގޮތުގައި ދިވެހިބަހުގެ އެކެޑަމީން ކަނޑައަޅާފައިވަނީ "މުޖުތަމަޢުގެ މަސްލަހަތު – ލިޔުންތެރީންގެ މަސްއޫލިއްޔަތު" އެވެ.

މިފަދަ ދުވެހެއް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ލިޔުންތެރިންގެ ޚިދުމަތް ޤައުމީ ފެންވަރެއްގައި ފާހަގަކޮށް، މި ފަންނު ދިރުވާ އާލާކުރުމަށް ބާރުއަޅާ ހިތްވަރު ދިނުމެވެ. ދުނިޔޭގެ އޮޔާއި ވަޔާއި، އެބަޔަކު ދިރިއުޅޭ މާޙައުލު ވަށައިގެން ހިނގާ މުހިއްމުކަންކަމާއި މެދު ޢިލްމީ ނަޒަރިއްޔާއަކުން މީހުން ހޭލުންތެރިކުރުވުގައި ލިޔުންތެރިންގެ ދައުރާއި މަސްއޫލިއްޔަތު ވަރަށް ބޮޑެވެ. މާޒީގައި ހިނގާފައިވާ މުހިއްމު ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު މުއްސަނދިކޮށްދިނުމުގައިވެސް ލިޔުންތެރިން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު