ޒިންމާދާރު ލިޔުންތެރިކަމަކީ މުޖުތަމަޢުގެ މޫނު ބަލާ ލޯގަނޑު: ޔުމްނާ

ޒިންމާދާރު ލިޔުންތެރިކަމަކީ މުޖުތަމަޢުގެ މޫނު ބަލާ ލޯގަނޑު ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްއަށް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. އަދި އެކަމަނާ ވަނީ ލިޔުންތެރީންގެ ދުވަހުގެ ތަހުނިޔާ ލިޔުންތެރިންނަށް ފޮނުއްވާފައެވެ.

މިނިސްޓަރ ޔުމްނާ މިހެން ވިދާޅުވެފައިވަނީ ލިޔުންތެރީންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.

"ލިޔުންތެރީންގެ ދުވަހުގެ ތަހުނިޔާ ދިވެހި އެންމެހާ ލިޔުންތެރީންނަށް ދަންނަވަން. ޒިންމާދާރު ލިޔުންތެރިކަމަކީ މުޖުތަމަޢުގެ މޫނު ބަލާ ލޯގަނޑެއްގެ އިތުރުން މުޖުތަމަޢުގެ މަސްލަހަތާއި އިޖުތިމާޢީ މިންގަނޑު ދަމަހައްޓައި، މުޖުތަމަޢު ބައްޓަންކުރުމުގައި މުހިންމު ރޯލެއް އަދާކުރާ ކަމެއް."

– މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

މިނިސްޓަރ ޔުމްނާ މިހެން ވިދާޅުވެފައިވާއިރު، މި ސަރުކާރުން މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އުފެއްދެވުމަށްފަހު، އެ ކަމަނާގެ ވަޒީރުކަމުގައި ދިވެހި ޘަޤާފަތާއި ތާރީޚާއި ތަރިކައާއި ފަންނު ދިރުވާ އާލާކުރެއްވުމަށްޓަކައި، މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. ހަމައެހެންމެ ދިވެހި ބަހުގެ އެކަޑަމީ މެދުވެރިކޮށް ދިވެހި ލިޔުންތެރިކަަން ކުރިއެރުވުމަށްޓަކައި ފާހަގަކުރެވޭ ފަދަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.

މީގެ އިތުރުން، ދިވެހިބަސް ދިރުވައި އާލާކުރުމަށާއި، ކުރިއެރުވުމަށް އަތޮޅު ފެންވަރުގައްޔާއި ރަށު ފެންވަރުގައި ކުރެއްވި މުހިންމު މަސައްކަތްތަކާއި، އަރުޝީފީގޮތުން ކުރި މަސައްކަތްތަކާއި، ސަގާފި ތަރިކަ ރައްކާތެރިކުރުމުގެ މަސައްކަތްތަކާއި، ކްލެސިފިކޭޝަންގެ ދާއިރާއިން ކުރި މަސައްކަތްތަކާއި، ފަންނުވެރިންގެ ދާއިރާގެ ކުރިއެރުމަށާއި ތަރައްޤީއަށް ކުރެވުނު މަސައްކަތްތަކާއި، ނެޝަނަލް ލައިބްރަރީގެ ދާއިރާއިން ކުރެއްވި މަސައްކަތްތަައް ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު