8 ފެބުރުވަރީ 2025

ކްރިކް ބަލިވެ އުޅޭތީ، ފުއްގިރި ޝަރީއަތް ޖެހިޖެހިގެން 5 ވަނަ ފަހަރަށް ކެންސަލް

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެކި މަގާމުތައް ފުރުއްވާފައިވާ، މއ. ކުރިކީލަހިޔާ އަހުމަދު ކުރި ރިޒާ ބަލިވެ އުޅޭތީ، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައިގައި ހިނގަމުންދާ ޝަރީއަތުގެ އަޑުއެހުން ޖެހިޖެހިގެން ހަތަރުވަނަ ފަހަަރަށް ކެންސަލް ވެއްޖެއެވެ.

ކްރިމިނަލް ކޯޓުގައި މިއަދުގެ ހެނދުނު 9:00 އަށް ތާވަލްކުރި އަޑުއެހުންވެސް ކެންސަލް ކުރީ ދައުވާ ލިބޭ ބޭފުޅުންގެ ތެރޭގައި ހިމެނޭ އަހްމަދު ކްރިކް ރިޒާ ބަލިވެ އުޅޭތީއެވެ. މިއީ މި މައްސަލައިގެ ޝަރީއަތް ޖެހިޖެހިގެން ކެންސަލްކުރި ފަސްވަނަ ދުވަހެވެ.

މި މައްސަލައިގައި ޖޫން 19 ވަނަ ދުވަހާއި 20 ވަނަ ދުވަހުވެސް ޝަރީއަތް ބާއްވަން ތާވަލުކުރި އެވެ. އަދި މިމަހުގެ ދެވަނަ ދުވަހާއި ހަތަރު ވަނަ ދުވަހު ބާއްވަން ހަމަޖެއްސި ޝަރީއަތްވެސް ކެންސަލް ކުރީ ކްރިކް ރިޒާގެ ސިއްހީ ހާލަތު ހުރި ގޮތުންނެވެ.

މިހާތަނަށް ދައުލަތުން ހުށަހެޅި ހަ ހެއްކެއްގެ ހެކިބަސް ނެގިއިރު އޭގެ ތެރޭގައި ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތު ހިމެނެއެވެ. އެއީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މޭސްތިރިންނެވެ.

ކޯޓްގައި މި މައްސަލަ ހިނގަމުންދާއިރު، ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލާގައި އެމަނިކުފާނަށް އިއްވި ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވެއެވެ. މާދަމާ ހައި ކޯޓުގައި ހިނގާ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް އޮންނާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު