އިލެކްޝަން ކޮމިޝަންގެ މެންބަރުނާއެކު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ބައްދަލުކުރެއްވުމަށްފަހު ޕީއެންސީގެ ރައީސް އަބުދުއް ރަހީމް އަބްދުﷲ މިއަދު ހެނދުނު ނޫސްވެރިންނާ ބައްދަލުކުރައްވަނީ. ފޮޓޯ: ޕީޕީއެމް

ރައީސް ޔާމީންގެ ކެންޑިޑެންސީއާ މެދު ނިންމާ ގޮތަކުން ކޯޓަށްދާން ޖެހިދާނެ: ޕީޕީއެމް/ޕީއެންސީ

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެންސީއާ މެދުގައި އިލެކްޝަންސް ކޮމިޝަނުން ނިންމާ ގޮތަކުން ސްޕުރީމް ކޯޓަށް ދާންޖެހިދާނެ ކަމަށް އެ ކޯލިޝަނުގެ ވެރިޔާ އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

އެ ކޯލިޝަންގެ ލީޑަޝިޕުން އިލެކްޝަންސް ކޮމިޝަންގެ ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުވުމަށްފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަދުރޭ ވިދާޅުވީ ޔާމީންގެ ކެންޑިޑެންސީ ހުށަހެޅުމަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި، ގާނޫނާ އެއްގޮތަށް ކަންކަން ކުރިޔަށް ގެންދަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުން  ވިދާޅުވި ކަމަށް އަދުރޭ ވިދާޅުވި އެވެ.

Image

ނަމަވެސް ޔާމީންގެ ކެންޑިޑެންސީ އިލެކްޝަނުން ބަލައިނުގެންފި ނަމަ ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށާއި،  މީގެކުރިން ވެސް އެފަދަ މައްސަލަތަކުގައި އެ ކޯޓުން ނިންމާފައިވާ ނިންމުންތަކަށް އެ ކޯޓުން ރިއާޔަތް ކުރައްވާނެ ކަމަށް ވިދާޅު، ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އަދުރޭ އަނެއްކާވެސް އެވާހަކަ ތަކުރާރު ކުރެއްވިއެވެ.

" އަޅުގަނޑުމެންގެ ޔަގީން ކަން އެބައޮތް ރައީސް ޔާމީންގެ މައްސަލަ އަށް ވެސް. ކުރުކޮށް ދަންނަވަންޏާ އެ މަނިކުފާނުގެ ނަންފުޅު މި އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި އޮންނާނެ،"

– އަދުރޭ ވިދާޅުވިއެވެ.

Image

ވ. އާރަށް މައްސަލައިގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހުކުމްކުރީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމައި ޕީޕީއެމްގެ ރިޔާސީ ޓިކެޓު ޙަވާލުކުރުމުގެ ރަސްމިއްޔާތު ބައްވާފައި ވަނިކޮށް ކަން ފާހަގަކުރަމެވެ. މި ހުކުމާ ގުޅިގެން، އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެވިދާނެތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

އާރަށު މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. އެެހެންނަމަވެސް، އެމައްސަލާގެ ޝަރީއަތް އެންމެ އެކަށޭނެ ގޮތަކަށް ކުރިއަށް ނުދާތީ އިދިކޮޅުން އަންނަނީ ބަހުގެ ހަމަލާތައް ރައްދުކޮށް، ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު