އުފާވެރި އަމާން ރާއްޖެއެއް ކޮންމެ ރައްޔިތަކު ވެސް ބޭނުންވާނެ ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ރިޔާސީ އިންތިހާބު ކެމްޕެއިނަށް ރައީސް ޞާލިޙް އާއެކު މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ، މަރޮށި، ނޫމަރާ އަދި ފޯކައިދުއަށް ކުރަށްވާ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޓްވީޓެއްގައެވެ.
"އެފަދަ ހަމަޖެހޭ އަމާން މުޖުތަމަޢެއް ޤާއިމުކުރަންޖެހޭ. އަމާން މުޖުތަމަޢެއް ހޯދައި، އެއްވެސް ރަށެއް ބާކީނުވާނޭހެން ތަރައްޤީ ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކުރެއްވި، އަދި ކުރައްވަމުންދާ މަސައްކަތުގެ ފޮނި ނަތީޖާ މިދަނީ ފެންނަމުން. އެކަން ކޮމަންޑޫއިން ފެނޭ!"
– ޝާހިދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ކުރައްވާ މިދަތުރުފުޅުގައި ށ އަތޮޅުގެ ހަތަރު ރަށަކަށް އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމު ދިޔުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ކޮމަންޑޫ، މަރޮށި، ނޫމަރާ އަދި ފޯކައިދޫ ހިމެނެއެވެ. މިދަތުރުފުޅުގައި ރައީސް ޞާލިޙް އާއި އެކު ޢަދާލަތު ޕާޓީގެ ރައީސް އަދި ދާޚިލީ ވަޒީރު ޢިމްރާން ޢަބްދުﷲ، ޙާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ބައިވެރިވަޑައިގަނެއެވެ. ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވި ކެނޑިޑޭޓުން މިހާރު ދަނީ ކެމްޕޭނު ހަރަކާތްތައް ފައްޓަވައި އެކަންކަން ފޯރިއާއެކު ކުރިއަށް ގެންދަވަމުންނެވެ. އެގޮތުން ރަށްރަށާއި މާލޭގެ ގެގޭގައި ދޮރުން ދޮރަށް ހިންގުމާއި، ޖަގަހަ ހަރަކާތްތަކާއި ޖަލްސާތައްވެސް ދަނީ ކުރިއަށެވެ
އުފާވެރި އަމާން ރާއްޖެއެއް ކޮންމެ ރައްޔިތަކު ވެސް ބޭނުންވާނެ. އެފަދަ ހަމަޖެހޭ އަމާން މުޖުތަމަޢެއް ޤާއިމުކުރަންޖެހޭ.
އަމާން މުޖުތަމަޢެއް ހޯދައި، އެއްވެސް ރަށެއް ބާކީނުވާނޭހެން ތަރައްޤީ ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކުރެއްވި، އަދި ކުރައްވަމުންދާ… pic.twitter.com/Vy3rCe3bHD
— Abdulla Shahid (@abdulla_shahid) July 9, 2023