Thursday, 18 April 2024

"ސޭވް އެފްއޭއެމް"ގެ ނަމުގައި ހިންގާ ހަރަކަތާތްތައް ފަށައިފި

"ސޭވް އެފްއޭއެމް"ގެ ނަމުގައި ހިންގާ ހަރަކަތާތްތައް ރޭ ފަށައިފިއެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި ހުރި މައްސަލަތަކަށް ހައްލެއް ހޯދައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ރިފޯމްކުރަން ފެށި "ސޭވް އެފްއޭއެމް"، ހަރަކާތް ރޭ ރަސްމީކޮށް ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު، އިބްރާހިމް އާމިރު (ސަލްސާ އާމިރު) އިސްވެ ހުންނަވައި، ރޭ ޝީ ބިލްޑިންގެ ސެމީނާ ރޫމްގައި ހިންގި "ސޭވް އެފްއޭއެމް"ގެ ފުރަތަމަ ހަރަކާތުގައި، ސޭވް އެފްއޭއެމް" ގެ ލޯގޯ ޖެހި ޓީޝާޓް ލައިގެން ކުރިން ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިންނާއި ފުޓްބޯޅަ ކްލަބްތަކުގެ ހިންގުންތެރިން ބައިވެެރިވިއެވެ.

އަދި މީޑިއާގައި މަސައްކަތްކުރާ ފަރާތްތައް ވަނީ ބައިވެރިތައް ވެސް ފެނިގެން ގޮސްފައިވެއެެވެ.

ރޭގެ އިވެންޓްގައި ވާހަކަ ދެއްކެވި ފަރާތްތަކުގެ ތެރޭގައި ދިވެހި ފުޓްބޯޅައިގައި ކުރިން އިސްކޮށް މަސައްކަތް ކުރެއްވި ހާމިދު އަބްދުލް ގަފޫރު އާއި ނިއު ރޭޑިއަންޓްގެ މެނޭޖްމަންޓުގައި މީގެ ކުރިން މަސައްކަތްކޮށްފައިވާ ކުރީގެ ކުޅުންތެރިޔާ، އަންވަރު އަލީ ވެސް ހިމެނެއެވެ.

ރޭގެ ހަރަކާތުގައި، "ސޭވް އެފްއޭއެމް"ގެ ރިފޯމް ކޮމިޓީއެއް އެކުލަވާލައި، ރަސްމީކޮށް އެ ޙަރަކާތުގެ މަސައްކަތްތައް ވަނީ ފެށިފައެވެ.

މި ޙަރަކާތުގެ ބޭނުމަކީ، ރާއްޖޭގެ ފުޓްބޯޅައިގައި ހުރި މައްސަލަތަކަށް ހައްލެއް ހޯދައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ރިފޯމްކުރުން ކަމުގައިވެސް މީގެ ކުރިން މައުލޫމާތު ލިބިފައިވެއެވެ.

މި ޙަރަކާތް ފެށިގެން އައީ، މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ އެ ނާކާމިޔާބީއާ އެކު، ދިވެހި ފުޓްބޯޅަ ވެއްޓެމުންދާ އަޑިގަނޑުން ސަލާމަތްކުރަން ޖެހޭ ކަމަށް ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *