90 އިންސައްތަ ވައުދު ފުއްދަވައިފިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ
އެމަނިކުފާނު ވިދާޅުވީ، ރިޔާސީ ދެވަނަ ދައުރަކަށް ނުކުމެވަޑައިގެންނެވީ މި ދައުރަށް ވެވަޑައިގެންނެވި ވައުދުތަކުގެ 90 އިންސައްތަ ހާސިލްކުރައްވާފައި ކަމަށެވެެ.
އެމްޑީޕީގެ ކެމްޕެއިން ފެށުމުގެ ގޮތުން މިއަދު ކޮމަންޑޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ ރައީސް ވިދާޅުވީ ހަމަޖެހޭ ތަނަކަށް ރާއްޖެ ހެދުމަށްޓަކައި ސަރުކާރުން ކުރި މަސައްކަތުގެ ހެޔޮ ނަތީޖާ މާލެ އާއި މުޅި ރާއްޖެ އިން މިއަދު ފެންނަމުންދާ ކަމަށެވެ.
ކިތަންމެ ދަތިތަކެއް ހުރިނަމަވެސް ވައުދެއްވެފައިވާނަމަ އެވައުދެއް ފުއްދަވާނެ ކަމަށާއި އެކަންކަމަށް ހައްލު ހޯދަވަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެެވެ.



