22 އެޕްރީލް 2025

މެހީގައި ލައްވާފައިވާ ފުރިހަމަ ނިޒާމާމެދު ތިބާ ވިސްނާލީމު ހެއްޔެވެ؟

ކާއެއްޗެއް ބަހައްޓާއިރަށް، އޭގައި މެހި ޖައްސާތީ ތިބާއަށް އުނދަގޫވެއެވެ. ރިހާކުރު ކޮޅެއް ސަމުސަލުން ނަގާ ތަން ފެންނައިރަށް މެހި އަންނާތީ، ތިބާ ރުޅިގަދަވެއެވެ. ބޯން އުޅޭ ފަނިތަށީގައި މެހި އައިސް ޖައްސާތީ، ތިބާގެ އަތް ހޫރާލަމުއެވެ.

ތެދެކެވެ. މެހީގެ ސަބަބުން ތިބާއަށް އުނދަގޫވެއެވެ. ހީވެސް ނުކުރާހާ އަވަހަށް، މެހި އަންނަނީ ކޮންތަނަކުން ކަމެއް ނޭނގެއެވެ. ތިބާގެ ކައިރިއަށް އެ މެހި އަންނަނީ، އެ މެހީގައި އަޖައިބުކުރުވަނިވި ނިޒާމެއް ލައްވާފައިވާތީކަން ތިބާއަށްވެސް ޤަބޫލުކުރެވޭނެއެވެ.

ޙަޤީޤަތަކީ، މެހީގައި ލައްވާފައިވަނީ އާދަޔާ ޚިލާފު ސިކުނޑިއެކެވެ. މެހީގެ ޙަރަކާތްތައް އިންސާނެއްގެ ވިސްނުމަށްވުރެ އަވަހަށް، އެ ފެނިގެންދަނީ އެ މެހީގައި ލައްވާފައިވާ ވަރުގަދަ ސިކުނޑީގެ ސަބަބުން ކަން ޤަބޫލުކުރަންޖެހެއެވެ.

މެހީގައި ލައްވާފައިވާ ފުރިހަމަ ނިޒާމުގެ ތެރެއަށް މުޅީން ފީނާލުމުގެ ބަދަލުގައި މިފަހަރު، ކޮންމެވެސް އެއްކަމެއްގެ މައްޗަށް އަލިއަޅުވާލާނަމެވެ.

ހޯދުންތަކުން  އަންގައިދެނީ، މެހީގައި ލައްވާފައިވާ އެންޒައިމަކީ އާދަޔާ ޚިޔާފު އެއްޗެއް ކަމެވެ. މެއްސަށް ކާ އެއްޗެހި ހުރިގޮތަށް ހުއްޓާ ކެއުމުގެ ޤާބިލުކަމެއް ލިބިގެންނެއް ނުވެއެވެ. އެހެންނަމަވެސް، އޭގެ ކުޅުގެ ސަބަބުން ކާއެއްޗެހި އެތެރެކުރުމަށް ފަސޭހަވެގެން ދަނީއެވެ.

ވިކިޕިޑިއާ 2022 ގައި ބުނެފައިވާ ގޮތުގައި، މެއްސަކީ އަހަރެމެންގެ ވަށައިގެންވާ މާހައުލުގައި، މުހިއްމު "އިކޮލޮޖިކަލް" ރޯލެއް އަދާކުރާ ސޫތްޕެކެވެ. ޚާއްޞަކޮށް ޖަނަވާރު ބޭރުކުރާ ނަޖިސް (ބޮޑުކަމުދާ އެއްޗެހި) މާ ހައުލުން ނައްތާލުމުގައި މެހި އަދާކުރަނީ މުހިއްމު ދައުރެކެވެ. ހަމައެހެންމެ، ކިރާއި ފޮނިކާ އެއްޗެއްސާ ހަލާކުވެ ކުނިވަމުންދާ މޭވާއާއި ތަރުކާރީ އަކީ ހިނީގެ ކެއުމަށް ބޭނުންކުރާ މާއްދާތަކެވެ. ހަރުކޮށް ހުންނަ ކާނާ މަޑުކޮށްދެނީ މެހިން ބޭރުކުރާ ކުޅުންނެވެ. އެއްޗެއް ކާންފެށުމުގެ ކުރިން، ކާއެއްޗެހީގެ ތެރެއަށް މެހީގެ ކުޅު ނުވަތަ "ސެލައިވާ" ފޮނުވާލުމުން ކާއެއްޗެހި މަޑުވެދެއެވެ.

Free photo closeup shot of a fly sitting on a leaf with a green blurry background

ކުޅުގައިވަނީ "އެންޒައިމް" ކިޔާ މާއްދާއެކެވެ. އެއްޗެއް ކާންފެށުމުގެ ކުރިން، ކާއެއްޗެހީގެ ތެރެއަށް މެހީގެ "އެންޒައިމް" ފޮނުވާލުމުން ކާއެއްޗެހި މަޑުވަނީއެވެ. އޭގެ މާނައަކީ މެހީގެ ހަށިގަނޑު ތެރެއަށް އެ ކާއެއްޗެއް ދިރުވާލުމުގެ ކުރިން އެ ކާއެއްޗެއް ހުންނާނީ ހަޖަމްވެފައެވެ. މާނައަކީ، މެހީގެ ހަށިގަނޑުގެ އެތެރޭގެ ނިޒާމުގައި އެ ކެއި އެއްޗެއް ހަޖަމުކުރާކަން ނުޖެހޭނެއެވެ.

މީގެ 14 އަހަރުކުރިން، މެހީގައި ލައްވާފައިވާ މި ފުރިހަމަ ނިޒާމު ކީރިތި ޤުރުއާނުގައި، މާތް ﷲ ބަޔާންކުރައްވާފައިވެއެވެ.

އަލް ޙައްޖު ސޫރަތުގެ 73 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. "އޭ މީސްތަކުންނޭވެ! (ﷲ) މިޘާލެއް ޖައްސަވައިފިއެވެ. ފަހެ، ތިޔަބައިމީހުން އެއަށް ކަނުލައި އަހާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ﷲ ފިޔަވައި އަޅުކަންކުރާ ތަކެއްޗަކަށް މެއްސެއްވެސް ނެހެދޭނެތެވެ. އެކަމަށް އެ އެންމެން އެއްވިނަމަވެސްމެއެވެ. އަދި އެ މެހި، އެއުރެންގެ ކިބައިން އެއްޗެއް އަތުލައިފިނަމަ، އެވެސް އެ މެހީގެ ކިބައިން، އެއުރެންނަކަށް ސަލާމަތެއް ނުކުރެވޭނެތެވެ. އެދޭ މީހާއާއި އެދެވޭ ފަރާތްވެސް ނިކަމެތިވެގެންވެތެވެ."

އެހެންކަމުން، މެހީގައި ލައްވާފައިވާ މި ފުރިހަމަ ނިޒާމުން އަންގައިދެނީ، މާތް ﷲ ގެ ކުޅަދުންވަންތަ ކަމުގެ ދަލީލެވެ. އިންސާނެއްގެ ސިކުނޑިއަށް ވިސްނޭ މިންވަރަށްވުރެ މެހީގެ ދުވެލި ހަލުވެގެން ދިއުމާއި، އޭގައި ލައްވާފައިވާ ހަޖަމުކުރުމުގެ ނިޒާމާއި ކާނާ ކެއުމުގައި ލައްވާފައިވާ އާދަޔާ ޚިލާފު ނިޒާމަކީ ވިސްނާ ފިކުރުކުރާ މީހަކަށް ޢިބުރަތްތަކެއް ލިބިގެންދާނެ ކަންކަމެެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު