ސ. ހުޅުދޫ މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

އައްޑޫ އަތޮޅު ހުޅުދޫގައި މޫދަށް އެރެންދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާމަކޮށްފައިވާ ގޮތުގައި، މަރުވެފައި އޮއްވާ ފެނުނީ އުމުރުން 78 އަހަރުގެ އަންހެނެއް ކަމަށާއި، އެމީހާ މަރުވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނު 11:48 ހާއިރު މޫދުން ކަމަށެވެ.

މި މީހާ މަރުވެފައި އޮތީ ސ. ހުޅުދޫ ކަނޑޫއެޅެ ބީޗް ސަރަހައްދު ގަ އެވެ.

އެމީހާ ފެނުމާއެކު ހުޅުމީދޫ ސިއްޙީ މަރުކަޒަށް ވަގުތުން ވަނީ ގެންގޮސްފައެވެ. އެ މަރުކަޒުން ވިދާޅުވެފައިވަނީ، އެމީހާ ގެނައިއިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު