ތުރުކީގެ ޔުނިވަރސިޓީއަކުން ރާއްޖޭގެ ދަރިވަރަަކަށް އެއްވަނަ ލިބިއްޖެއެވެ.
ތުރުކީ އަންކާރާގައި ހުންނަ ޔިލްޑިރިމް ބެޔަޒިތް ޔުނިވަރސިޓީ އިން ބެޗްލަރސް އިން އިންޓަރނޭޝަނަލް ޓްރޭޑް އެންޑް ބިޒްނަސްއިން އެއްވަނަ އެއްވަނަ ލިބިފައިވާ، ތ. ހިރިލަންދޫ / މީނާޒު، މަރިޔަމް ނަޝްވާ ރަށަށް އައުމުން، ތ، ހިރިލަންދޫއިން އެ ދަރިވަރަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
ހޯދި ކާމިޔާބީއާއެކު ނަޝްވާ ރަށަށް ދިއުމާއެކު އެރަށުން އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، އެރަށު ކައުންސިލުން މިއަދު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ތުރުކީ އަންކާރާގައި ހުންނަ ޔިލްޑިރިމް ބެޔަޒިތް ޔުނިވަރސިޓީ އިން ބެޗްލަރސް އިން އިންޓަރނޭޝަނަލް ޓްރޭޑް އެންޑް ބިޒްނަސްއިން އެއްވަނަ ހާސިލްކޮށް، އަދި މުޅި އެ ކޮލެޖުގެ އިންޓަރނޭޝަނަލް ޓްރޭޑް އެންޑް ބިޒްނަސް ޑިޕާޓްމެންޓާއި މުޅި ބިޒްނެސް ފެކަލްޓީ އިން އެއްވަނަ ހޯދާފައިވާ ދަރިވަރު ތ. ހިރިލަންދޫ، މީނާޒު، މަރިޔަމް ނަޝްވާ އަށް ހިރިލަންދޫ އިން ދެންނެވި ހޫނު މަރުޙަބާއެއް އެ ރަށުން ކިޔާފައިވާ ކަމަށެވެ.
ނަޝްވާ ވަނީ މުޅި އެ ކޮލެޖުގެ އިންޓަރނޭޝަނަލް ޓްރޭޑް އެންޑް ބިޒްނަސް ޑިޕާޓްމެންޓާއި، މުޅި ބިޒްނެސް ފެކަލްޓީ އިންވެސް އެއްވަނަ ހޯދާފައިއެވެ.
ރިލަންދޫ ކައުންސިލް އިން ވިދާޅުވީ، އުންމީދަކީ މިފަދަ ހުނަރުވެރި އިތުރު ދަރިންތަކެއް މުސްތަޤްބަލުގައި އެރަށުން ނުކުމެ، ރަށަށް އިތުރު ފަޚްރުވެރި ވަނަތައް ހޯދައިދިނުމަށްކަމެވެ.