Wednesday, 22 May 2024

ޖައިޝަންކަރުގެ ދަޢުވަތަކަށް ޝާހިދު އިންޑިއާއަށް ވަޑައިގަންނަވަނީ

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ ޝާހިދު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރުގެ ދަޢުވަތަކަށް އިންޑިއާގެ ނިއުދިއްލީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިނިސްޓަރގެ މި ދަތުރުފުޅުގެ ރަސްމީ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 އަދި 12 ދުވަހުކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގެ ތެރެއިން ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދެޤައުމުގެ ޚާރިޖީ ވަޒީރުންގެ މެދުގައި ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކާއި، ބައިނަލްއަޤްވާމީ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެވަޒީރުން މަޝްވަރާކުރައްވާނެއެވެ. ހަމައެހެންމެ އިންޑިއާ ސަރުކާރުގެ އިސް ބޭފުޅުންނާވެސް މިނިސްޓަރ ޝާހިދު ބައްދަލުކުރައްވާނެއެވެ.

މި ދަތުރުފުޅުގެ ތެރެއިން ރާއްޖެއަށް އިޖްތިމާޢީ އިޤްތިޞާދީ ދާއިރާއިން އެހީތެރިކަމާއި އެއްބާރުލުން ދިނުމާގުޅޭ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *