Saturday, 15 June 2024

ފަރަށް އެރި މައްސަލަ ބަލަމުން ދަނިކޮށް އިންޑިއާގެ ބާޖު ފުރައިފި

ފުވައްމުލައް ސިޓީގެ ގިރާ ސަރަހައްދަށް ބޭނުންވާ ހިލަ ހިފައިގެން ދަތުރުކުރި އިންޑިޔާގެ ބާޖު ފަރަށް އެރި މައްސަލަ ބަލަމުން ގެންދަނިކޮށް މިއަދު ބާޖު ފުރައިފިއެވެ.

ފުވައްމުލަކުގެ ފަރަށް އެރީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓް (އެމްއެމް އެކްޕޯސްޓް)ގެ ބާޖެކެވެ. އެ މައްސަލައާ ގުޅިގެން އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ، ފަރަށް ނާރާ ކަމަށް ބުނެ، އެ އިދާރާ އަށް އެއްވެސް އެންގުމަކާ ނުލައި މިއަދު ހެނދުނު އެ ބާޖު ރާއްޖެ އިން ފުރައިގެން ގޮސްފައިވާ ކަމަށެވެ. އެ ބާޖު ފުރައިގެން ދިޔުމުގައި އެމްއެމް އެކްސްޕޯޓުގެ ރާއްޖޭގެ އެޖެންޓް، މެއިންލައިން ޝިޕިންގެ ބައިވެރިވުން ވެސް އެބައޮތެވެ. އެކަން ކުރީ އީޕީއޭ އަށް އޮޅުވާލައިގެން ކަމަށް ވެސް ނައީމް ތުހުމަތު ކުރެއްވިއެވެ.

ފުވައްމުލައް ސިޓީގެ ގިރާ ސަރަހައްދުގައި ތޮށި ލުމަށް ބޭނުންވާ ހިލަ ހިފައިގެން ދަތުރުކުރި އިންޑިއާގެ އެމްއެމް އެކްސްޕޯޓުގެ ބާޖު ފަރަށް އަރާފައިވަނީ ގިރާ ސަރަހައްދަށް ހިލަ ހިފައިގެން ވަދެ އޮއްވާ ބާޖު އަރިއަޅާލައިގެންނެވެ.

މިހާދިސާ ހިގާފައިވަނީ މިދިޔަ ހުކުރު ދުވަހުގައެވެ. އިއްޔެގެ ވަގުތެއްގައި މިބާޖު ވަނީ ފުންކޮށްފައެވެ. އެހެންކަމުން މި މައްސަލަ ކަމާއިބެހޭ އިދާރާތަކުން ބަލަމުން ގެންދަނިކޮށް މައްސަލަ ވަކިގޮތަކަށް ނުނިމެނީސް މިބާޖު ފުރީއެވެ.

އިންޑިއާގެ އެމްއެމް އެކްސްޕޯޓުގެ އުޅަދުތައް މީގެކުރިންވެސް ފަރަށް އަރާފައިވާކަން ވަނީ ހާމަވެފައެވެ. އެގޮތުން މީގެ އަށް އަހަރު ކުރިން، 2015 ވަނަ އަހަރު ކ. ފުށިދިއްގަރު ފަރަށް މުތާ ރޯޔަލް ކިޔާ ޓަގު ބޯޓާއި މުތާ ގްރޭސް ކިޔާ ބާޖު، އެރުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގައި ދައްކަން ޖެހޭ 100 މިލިއަން ރުފިޔާ ދެއްކަން އެ ކުންފުންޏަށް އެންގި ނަމަވެސް އަދިވެސް ނުދައްކާކަން ނައީމް ވަނީ ފާހަނގަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު