18 ޖަނަވަރީ 2025

ސިފައިން ވަދެ މެމްބަރުން އުކާލި އެކާލުންވެސް ނަޝީދަށް މިޖެހެނީ ދިފާއުކުރަން: އަލީ ޒާހިރު

ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާއި ދެކޮޅަށް މަޖިލިސް ތެރެއިން މަސައްކަތް ކުރި އަމިއްލަފުޅު ޕާޓީގެ ބައެއް މެމްބަރުން މަޖިލީހުގެ ފާރުމަތިން އުކާލި އުކާލުންވެސް މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދަށް ވަނީ ދިފާއު ކުރަން ޖެހިފައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޮންމެ ގޮތަކަށް ކަން ކުރެއްވިޔަސް، އެކަން ހުއްޓުވަން ރައްޔިތުންގެ މަޖިލީހަށް ސިފައިން ނުފޮނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުމުން އެކަމަށް ނަޝީދު ރައްދު ދެއްވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ މަޖިލީހުގެ ކަންކަން ކުރިއަށް ގެންދަން ސިފައިންގެ އެހީތެރިކަމަށް އެދުމަކީ ގާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ ބާރެއް ނޫން ކަމަށެވެ. "މަޖިލިސް އަށް ސިފައިން ވެއްދުމާއި، ނުވެއްދުމަކީ މަޖިލިސް ރައީސްގެ އިހްތިޔާރުގައި އޮންނަ ކަމެއް." ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި އަލީ ޒާހިރު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ނިކުތް މަޖިލިސް މެމްބަރުން މަޖިލިސް ފާރުމަތިން އުކާ ހެދި ހެދުންވެސް ރައީސް ނަޝީދަށް ވަނީ ދިފާއު ކުރަން ޖެހިފައިކަމަށެވެ.

އަނިޔާވެރިކަން ހައްދުންނެއްޓި ހުރިހާ އިދިކޮޅު ސިޔާސީ ލީޑަރުން ކުޑަގޮޅިއަށް ލައިގެން އެކަމާ ދެކޮޅަށް އަޑު އުފުލާ އެލީޑަރުން މިނިވަން ކުރުމަށް ގޮވާލި މަޖިލިސް މެމްބަރުން ނެރުމަށް ރައްޔިތުންގެ މަޖިލީހަށް ސިފައިން ވަޑައިގެން ގޮދަ ތަކެއްހެން ފާރުމަތިން އުކާލި އުކާލުންވެސް ދިފާއު ކުރައްވަން ޖެހިވަޑައިގަތީ ދެއްތޯ؟

– އަލީ ޒާހިރު ވިދާޅުވިއެވެ.

ރޭ އޮތް ކެމްޕޭން ޖަލްސާއެއްގައި ރައީސް ސޯލިހް ވިދާޅުވީ މިހާރު މަޖިލިސް ހިންގަމުން ގެންދަވަނީ މަޖިލިސް ރައީސް ބޭނުންފުޅު ގޮތަކަށް ކަމަށެވެ. ނަމަވެސް މަޖިލީހަށް ސިފައިން ވަދެ މަޖިލިސް ނުހުއްޓުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު